ads
ޗައިނާގެ ރައީސް (ކ) ޖެކް މާ (ވ)
އަލީބާބާގެ ވެރިޔާ ޖެކް މާ ގެއްލުނީ ޗައިނާ ސަރުކާރަށް ފާޑުކީ ފަހުން
އަލީބާބާގެ ވެރިޔާ ޖެކް މާ ގެއްލުނީ ޗައިނާ ސަރުކާރަށް ފާޑުކީ ފަހުން ކަން ހާމަވެއްޖެ އެވެ.

ޖެކް މާ ނުފެންނަތާ ދެ މަސް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ބައެއް މީހުން އަންނަނީ ވަރަށް ބޮޑަށް ޗައިނާ ސަރުކާރަށް ފާޑުކިޔައި އޭނާ ވީތަނެއް ހާމަކުރުމަށް އެދެމުންނެވެ. 

ޖެކް މާ ގެއްލިފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އޭނާގެ ހަބަރެއް ނުވާތާ ގިނަ ދުވަސްތަކެއް ވުމުންނެވެ. 

އޭނާ އާންމުންގެ ކުރިމައްޗަށް ނުނިކުންނަތާ މިހާރު ދެ މަސް ވެއްޖެ އެވެ. 

ޗައިނާގައި އެގައުމުގެ ކޮމިއުނިސްޓު ސަރުކާރަށް ފާޑުކިޔުމަކީ ކުށްވެރިވާ ކަމެކެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ޖެކް މާ ދެއްވި ތަގުރީރެއްގައި ނުސީދާ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަކީ "ކުޑަކުއްޖެއް" ކަމަށާއި އޭނާގެ "ހިސާބުތައް ދިމާނުވާ" ކަމަށް ބުނެފައި ވެއެވެ. 

މީގެ ރައްދެއްގެ ގޮތުގައި ޗައިނާގެ ރައީސް ވަނީ ޖެކްމާ އަކީ "ފިނޑިއެއް" ކަމަށް ބުނެފަ އެވެ.

ޖެކް މާއަކީ އަލީބާބާ އާއި އަލީ އެކްސްޕްރެސްގެ ކުންފުނި އަލީބާބާ ގުރޫޕުގެ ވެރިޔާ އެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމުގެ ސަބަބުން ޖެކް މާއަށް ވަނީ 11 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފަ އެވެ. 

ޖެކް މާގެ ރައުސްމާލުގައި 2020 ވަނަ އަހަރުގެ ނިޔަލަށް 48.2 ބިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ.

23%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް