ads
ރައީސް ޔާމީން އާއި ކުރީގެ ނައިބް ރައީސް ޖަމީލް-- ފޮޓޯ: ސަން
ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ: ޑރ ޖަމީލް
5 އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރީ އެމްޑީޕީ އާއި މިސަރުކާރުގެ ނާގާބިލުކަން ފޮރުވަން ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ޖަލުގައި އޮންނަވާތާ 400 ދުވަސް ވެފައިވާކަން ހާމަކުރައްވައި ޑރ ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އެގޮތުން އެއީ އެމްޑީޕީއާއި ސަރުކާރުގެ ނާގާބިލް ކަމުންކަމަށް ޖަމީލް ވިދާޅުވިއެވެ. 

ޖަމީލް ވިދާޅުވީ ރައީސް ޔާމީން، 400 ދުވަސް ވަންދެން ޖަލުގައި އޮންނަވާ ސަރުކާރުގެ ލާއިންސާނީ އަނިޔާތަށް ތަހައްމަލް ކުރައްވައިފި ކަމަށެވެ. މީގެއިތުރުން، ހަސަދަވެރިކަން ހައްދުން ނެއްޓި ދެމުންދާ އަނިޔާތަށް ހުއްޓާލަން ޖެހޭކަމަށް ޖަމީލް ވިދާޅުވި. އަދި ޖަމީލް ވިދާޅުވީ، ކާމިޔާބު 5 އަހަރުގެ ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެން ނުވާނެ ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

މިމައްސަލާގައި ރައީސް ޔާމީން ޖަލުގައި އޮންނެވި އިރު، ރ. ފުއްގިރިކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތަށް މިހާރު ދަނީ ބައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް