ads
ފޮޓޯ: މެޓް އޮފީސް..
ހއ އާއި އދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި
ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭގެ މެންދަމު 1 ޖެހުމާއި ހަމައަށެވެ. އެގޮތުން މިދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

މެޓް އިން މާދަމާގެ ހެނދުނު 06:00 އާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް