ads
ރާއްޖޭގައި ފަތުރުވެރިންތަކެއް--
2020 ވަނަ އަހަރު އެންމެ ބޮޑު ތަރުހީބެއް ލިބުނީ އިންޑިއާ މާކެޓުން
މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އިންޑިއާއިން 62,905 ފަތުރިވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ޝެއާގެ 11.3 އިންސައްތައެވެ. 

މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކުރި ޓްވީޓެއްގައި ވަނީ، މިދިިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް މާކެޓަކަށް އިންޑިއާ މާކެޓް ވުމުގެ ފަހަތުގައި ވާ މައިގަނޑު ކަންކަމުގެ ގޮތުގައި، ގިނަ އަދަދެއްގެ ބޮލީވޫޑް ތަރިން ރާއްޖެއަށް ޒިޔާރަތް ކުރުމާއި، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ދެގައުމުގެ ދެމެދުގައި ގާއިމްކުރި "ސޭފް ޓެވަލް ބަބްލް"ގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ކުރި މަސައްކަތް ވަނީ ފާހަގަކޮށްފައެވެ. 

އެގޮތުން ޖުލައި މަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލިފައުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު ގާއިމްކުރި އެއާ ޓްރެވަލް ބަބްލްގެ ސަބަބުން އިންޑިއާ ފަތުރުވެރިންނާއި ފަސޭހަކަމާއި އެކު ރާއްޖެ އައުމުގެ މަގު ފަހިވެގެންދިޔަ އެވެ. އަދި ބޮލީވޫޑް ތަރިން ގިނަ އަދަދަކަށް ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ސަބަބުން އިންޑިއާ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑަށް ރާއްޖެ ވަނީ ޕްރޮމޯޓް ވެގެން ގޮސްފައެވެ. 

ރާއްޖެއާއި އިންޑިއާ އާއި ދެމެދު މިހާރުވެސް 5 އެއާލައިންއަކުން އަންނަނީ ދަތުރުކުރަމުންނެވެ. އޭފެތެރޭގައި އިންޑިއާގެ ބަޖެޓް އެއާލައިންސްގެ ތެރޭގައި ހިމެނޭ "ގޯ އިންޑިއާ" "ސްޕައިސް ޖެޓް" "އިންޑިގޯ" ފަދަ އެއާލައިންސް ތަކުން އަންނަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސީދާ ދަތުރުތަށް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް