މޯލްޑިވިއަން އިން ވަނީ އެ އެއާލައިނުން ކުރާ އެތެރޭގެ ދަތުރުތަކުގެ އަގުން 10 އިންސައްތަ ހެޔޮކުރަން ނިންމައިފަ އެވެ.
އެ ދަތުރުތަކަކީ ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު 15 އާއި މި މަހުގެ 31 އާއި ދެމެދު ކުރެވޭ ދަތުރުތަކަށް ވާން ޖެހޭ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަންގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ އެ އެއާލައިންގެ މި އޮފާއާ ގުޅިގެން ދަތުރުތަކަށް އޮތް ޑިމާންޑް އިތުރުވެ، އޮންލައިންކޮށް ޓިކެޓް ގަންނަކަން ފާހަގަކުރެވޭ ކަމަށެވެ.
ދަތުރުގެ ހަތް ދުވަސް ކުރިން ޓިކެޓް ނަގަން ޖެހޭ އިރު، މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަ ކަމާއި އެކު ޓިކެޓްގެ ކަންތައްތައް ހަމަޖެހިގެންދާނެ އެވެ.