ads
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފުލާއެއްގެ ތެރެއިން--
ސްކޮލަޝިފް ފުރުސަތުތަކެއް ހުޅުވާލައިފި
އޮސްޓްރިއާ ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލޮޝިފްގެ ފުރުސަތުތަކެއް ހުޅުވާލައިފި ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ މަތީ ތައުލީމުގެ ފުރުސަތުތަކެއް އޮސްޓުރިއާ ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ދަރިވަރުންނަށް ކިޔެވޭނެ ޔުނިވާސިޓީ އަދި ކޯހާ ބެހޭ މައުލޫމާތު އެ ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯހުގައި ބައިވެރިވުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވާސިޓީއެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުމަށް ވެސް ހަޔާ އެޑިއުކޭޝަނުން ވަނީ އެދިފައެވެ.

your imageއޮސްޓްރިއާ ސްކޮލާޝިޕްގެ ފުރުސަތު

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް