ads
ވިއްސާރަ ދުވަހެއް——ފުޓޯ: މިހާރު
ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޑް
ރާއްޖޭގެ ބޮޑުބަޔަކަށް ރާއްޖޭގެ މޫސުމާ ބެހޭ ވުޒާރާ (މެޓް) އިން ވައިޓް އެލާޓް ނެރިފިއެވެ.

މެޓް އޮފީސްއިން ވަނީ ނ.އަތޮޅުން ފެށިގެން ލ.އަތޮޅުގެ ރަށްތަކަށް މިއަދު 13:15 އިން ފެށިގެން 18:00 އަށް ވައިޓް އެލާޓް ނެރެފައެވެ.

މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި ގުގުރާނެކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނޭ ކަމަށް މެޓް އިން މައުލޫމާތުދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިން އިލްތިމާސްކޮށްފި އެވެ. ސިފައިން މިގޮތަށް މިއަދު އިލްތިމާސް ކުރީ ކަނޑުގަދަކަން ދައްކުވައިދޭ ވީޑިއޯއަކާ ވެސް އެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް