ads
މިނިސްޓަރު އިމްރާން އަބްދުﷲ--
އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ލެވޭ ގޮތަށް ބަދަލުކޮށްފި
އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިސްލާހު ގެނެސްފިއެވެ.

މިއަދު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދާލަތް ޕާޓީ ގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފަ އޮތީ ދީނީ ގޮތުން ލާޒިމް ކުރާ ކަމަކަށް ނުވިޔަށް ޕާޓީ އުފެއްދިއިރު ޕާޓީގެ މެންބަރުން ބޭނުންވަނީ އެގޮތް ކަމަށް ޕާޓީގެ އޭރުގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

އެހެންނަމަވެސް މި ވަގުތު ޕާޓީ ކުރިޔަށް ގޮސްފައިވާ މިންވަރަށް ބަލާ ޕާޓީ އިތުރަށް ހުޅުވާލާ ޕާޓީގެ އެންމެ އިސްސަފުގައި އަންހެނުން ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް އަދާލަތް ޕާޓީގެ ރައީސް ގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނި ކުރަން އިސްލާސް ހުށަހަޅާލާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ އިސްވެ ހުރެ އިސްލާހު ހުށަހެޅީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާ ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރުމަށް ފަހު މަޝްވަރާ މަޖިލިސްގެ 7 މެމްބަރުންގެ ސޮޔާ އެކުކަމަށެވެ

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެ ޕާޓީން ވަނީ އެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން، އެކަމާއި ގުޅިގެން ހުށަހަޅަން ޖެހޭ ފޯމާއި ލިޔެކިޔުންތައް މިމަހުގެ 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ވެސް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް