ads
ބްރިޓިޝް ލޯޔަލްޓީ، މިއީ ބޮޑު ހަނގުރާމައިގައި ބޭނުންކުރެވުނު ތެޔޮ ޓޭންކަރެއް---
ބްރިޓިޝް ލޯޔަލްޓީ ފައްތާލިތާ 75 އަހަރު ފާހަގަކޮށްފި
ބްރިޓިޝް ލޯޔަލްޓީ ފައްތާލިތާ 75 އަހަރު ފުރޭ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ހަފްލާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބައިވެރިވެއްޖެ އެވެ.

"ނަލަފެހި މީދޫ" ޖަމިއްޔާގެ ފަރާތުން ބޭއްވި އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ޑރ. މައުސޫމްގެ އިތުރުން މި ހަފްލާގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގާއި، ނަލަފެހި މީދޫ ޖަމިއްޔާގެ ރައީސް އިބްރާހީމް ވަހީދު ބައިވެރިވެ ވަޑައިގަތެވެ.

މި ހަފްލާ ފަށާފައިވަނީ ބްރިޓިޝް ލޯޔަލްޓީ ރެކްގެ 75 ވަނަ އަހަރީ ދުވަހުގެ ލޯގޯ ހުޅުވައިދިނުމަށް ފަހު ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. ސަގާފީ ނެށުމަކަށް ފަހު، އައްޑޫ ސިޓީގެ މޭޔަރު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭގެ ފަހުން މިނިސްޓަރު މައުސޫމް ވެސް ވާހަކަ ދައްކަވާފައިވެ އެވެ. އަދި ނަލަފެހި މީދޫ ޖަމިއްޔާގެ ރައީސް އިބްރާހިމް ވަހީދު ވަނީ ބްރިޓިޝް ލޯޔަލްޓީގެ މޮޑެލް އައްޑޫ ސިޓީގެ މޭޔަރަށް ވެދުންކޮށް ޑައިވިން އިވެންޓަށް ދައުވަތު އަރުވާފަ އެވެ.

އެއަށްފަހު ޑައިވަރުންނާއި އެކު މޭޔަރާއި ވީއައިޕީން ވަނީ ބްރިޓިޝް ލޯޔަލްޓީ ރެކް ސައިޓަށް ވަޑައިގަން ޑައިވިން އިވެންޓް ފަށާފަ އެވެ. އެ އިވެންޓު ނިމިގެން ދިޔައީ ޑައިވް ޓީމުގެ މެމްބަރުން ކަނޑުގައި ވަށްބުރަކުން އެތުރިލައި ގްރޫޕް ފޮޓޯއެއް ނެގުމަށް ފަހު ޑައިވަރުންނަށް ހަނދާނީ ލިޔުން ދެއްވުމަށް ފަހުގަ އެވެ. ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓަރު މައުސޫމާއި އާއި މޭޔަރު ސާދިގެވެ.

ބްރިޓިޝް ލޯޔަލްޓީއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަރަކާތްތެރިވުމުގެ ތެރޭގައި ފައްތާލެވުނު ތެޔޮ ޓޭންކަރެކެވެ. އަދި މިއަދަކީ އެ ހާދިސާ އަށް 75 އަހަރު ފުރޭ ދުވަހެވެ.

ކަނޑުގެ 33 މީޓަރު އަޑީގައި، މަރަދޫ އާއި ހިތަދޫ ދެމެދުގައި އޮތް މި ބޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޝިޕްރެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މިތަން ވެފައިވަނީ ޑައިވްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ތަނަކަށެވެ. ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން އެތަން ބަލައިލުމުގެ އިތުރުން ޑައިވް ކުރުމަށްވެސް އައްޑޫއަށް ޒިޔާރަތްކުރެ އެވެ.

އެ ބޯޓު ވަށައިގެން މުރަކަތައް ފަޅާފަވާ އިރު، އެކި ބާވަތުގެ ކުދި މަސްތައްވެސް އެ ސަރަހައްދުގައި އުޅެ އެވެ. މީގެ އިތުރުން އެކި ބާވަތުގެ މަސްމަހާއި ވެލާ އަދި މަންޓާ ރޭއާއި މިޔަރުވެސް މި ހިސާބަށް ގޮސް ޑައިވް ކުރަން އުޅުމުގެ ތެރޭގައި ފެނުމުގެ ފުރުސަތުވެސް ލިބެ އެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ 2018 ވަނަ އަހަރު މި ޝިޕްރެކްގެ ވަށައިގެންވާ ގުދުރަތީ ރީތިކަން ދެމެހެއްޓުމުގެ ގޮތުން ޝިޕްރެކް ހިމާޔަތް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް