ads
ވިއްސާރަ ދުވަހެއް—— ފުޓޯ: ސަން
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރ އަތޮޅާއި އދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނީ މިއަދު 20:30 އިން 23:30 އަށެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރުމާއިއެކު ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ. 

ކުރިއަށްއޮތް 24 ގަޑީރަށް ރާއްޖޭގެ މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެން ވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ. 

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.  

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި، ވިލާގަނޑުގައި ހުރިހައި ހިސާބަކަށްވެސް ކަނޑުތައް ގަދަ ވާނެ ކަމަށް މެޓުން ބުނެއެވެ.

ރާޅުގެ އުސްމިން އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާއި ދެމެދެއެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތާމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް