ads
ޔޫއެންސީސީޑީ އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި އެވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ބައިވެރިވެވަޑައިގަންނަވަނީ--
ރާއްޖެއިން ހުށަހެޅި މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭނަށް ތައުރީފު!
ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) އަށް އދ. ގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީސިއާ އެސްޕިނޯސާ ތައުރީފު ކުރައްވައިފި އެވެ.

އެކަން އެކަމަނާ ފާހަގަ ކުރައްވާފައިވަނީ، ރާއްޖޭގެ އެންޑީސީ ހުށަހެޅުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެގޮތުން، ކޮވިޑް 19 ގެ ގޮންޖެހުންތަކާއެކު ވެސް ކަނޑައެޅިފައިވާ މުއްދަތަށް ރާއްޖޭގެ އެންޑީސީ އަޕްޑޭޓްކޮށް ހުށަހެޅުމަކީ ފަހާގަކޮށްލެވޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ. 

ވަކިން ހާއްސަކޮށް ރާއްޖެއިން، ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރިޔަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވުމާއި އަދި ވަސީލަތްތައް ތަނަވަސްވެއްޖެ ނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް "ނެޓް ޒީރޯ" ހާސިލްކުރުމުގެ އަޒުމުގައި ތިބުމަކީ ފާހަގަކޮށްލެވޭ ކަންކަން ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ހުށަހެޅުމާއި، މީގެ ތެރޭގައި ކާރިސީ ހިރާސް އިތުރުކުރުމާއި، މި ދާއިރާއިން ވެސް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވުމަކީ، ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކު ކަމަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމަކުން ހުށަހަޅާ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

ރާއްޖެއިން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ވަކިން ހާއްސަކޮށް 2030 ގެ ނިޔަލަށް "ނެޓް ޒީރޯ" އެމިޝަން ހާސިލުކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި މިކަމާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިނިސްޓްރީގެ ފަރާތުން ކަމާ ގުޅުން ހުރި އިދާއިރާތަކާ ގުޅިގެން ދަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް