ads
ގަލޮޅުދަނޑު ސަރަހައްދުގައި އެއްވެ ތިބި ބިދޭސީން--- ފޮޓޯ: ޓްވިޓާ، ޓެޑްމޯލްޑިވްސް
ބިދޭސީން ގެންނަން ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ
ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަން އިކޮނޮމިކް މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކާއި ގުޅިގެން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ކޯޓާގައި ރަޖިސްޓްރީ ކުރުމަށް ފަހު ހުށަހަޅަން ޖެހޭ ލިޔުންތައް މަގްސަދު ގެއްލޭ ގޮތަށް ހުށަހަޅަމުން ދާތީ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި، އެ މިނިސްޓްރީން ވަނީ ރާއްޖޭގައި މަސައްކަތްބކުރުމަށް ބިދޭސީން ގެންނަން ދޫކުރާ ހުއްދައާއި ގުޅޭ ލިއުންތައް ނޮޓަރައިޒްކޮށް ހުށަހަޅާއިރު، މައުލޫމާތު ފުރިހަމަ ނުވާ ލިޔެކިއުންތައް ނޮޓަރައިޒް ކޮށްފައިވާ ކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ނޮޓަރައިޒް ކުރުމުގެ މަގުސަދާއި ހިލާފުވާ ގޮތަށާއި، ނޮޓަރައިޒް ކޮށްފައިވާ ލިޔެކިއުންތަކުގައިވާ މައުލޫމާތު ބަދަލުކުރުމަށް ފަހު ހުށަހަޅަމުން އަންނަކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

އެފަދަ ލިޔުންތައް ހުށަހަޅާ ފަރާތްތަކާއި މެދު މިނިސްޓްރީގެ ގަވާއިދާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށާއި، އެފަދަ ލިޔުންތައް ނޮޓަރައިޒްކޮށްދޭ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް ވެސް މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިޔެކިއުންތަކާއި މައުލޫމާތު ފުރިހަމަ ނުވެ އޮއްވައި ނޮޓަރައިޒްކޮށްފައިވާ ލިޔެކިއުންތަކުގެ އިތުރުން ނޮޓަރައިޒް ކުރުމަށްފަހު ބަދަލުގެނެސްފައިވާ ލިޔެކިއުންތައް ވެސް ބަލައިނުގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް