ads
ފޮޓޯ: އެމްއެންޑީއެފް
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ
މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ހ. ތިން ނޫނު، ގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި ގޭސް ފުޅިއެއް ގޮވައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިއަދު މެންދުރު 12:13 ގައި އެކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނައިރު ހާދިސާގައި ދެ މީހަކު ވަނީ ފިހިފަ އެވެ. 

އެގޮތުން ހާދިސާގައި އަނިޔާވީ ދިވެހި ދެ ފިރިހެނުންނަށް ކަމަށާއި އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެ ހާދިސާ ހިނގާފައި ވަނީ ގޭސް ފުޅިއެއްގެ ނަޓެއް ދޫވެގެން ގޭސް ލީކުވެގެންނެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓްކޮށްފައި ވަނީ ގޭގެ މީހުން ރޯވި އަލިފާން ނިއްވާލުމަށް ފަހު ހޮސްޕިޓަލަށް ދަމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް