ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފިއުލް ޝެޑް އަޅާނެ ބަޔަކު ހޯދަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފިއުލް ޝެޑް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނެއް ނެރެފި އެވެ.

އެގޮތުން ޒަމާނީ ފެންވަރެއްގައި ޕެޓްރޯލު ޝެޑެއް ހެދުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ވަނީ ދެ ބިމެއް އިއުލާނުކޮށްފައެވެ. އެއީ (RD-4(a ގެ ބިމާއި (N4-24(C އެވެ.

އެގޮތުން 7،327.2 އަކަފޫޓުގެ (RD-4(a ބިމުގައި ކާ ވޮޝެއް ހިމެނޭ ގޮތަށް ޕެޓްރޯލް ޝެޑެއް ތަރައްގީ ކުރަން ނިންމާފައިވާ އިރު، 10،179.31 އަކަފޫޓުގެ (N4-24(C ބިމުގައި ފުރޮޅު ބެއްދުމާއި ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެ ގަރާޖެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އަދި ގާއިމްކުރެވޭ ދެ ޕެޓްރޯލު ޝެޑުން ވެސް ސެލްފް ސާވިސްގެ ހިދުމަތާއި، ފުރޮޅަށް ވައިޖެހޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 11 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެޗްޑީސީ އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި، އެ މަޝްރޫއާއި ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ޕްރޮޕޯސަލް މީޓިން މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި، އެ ސަރަހައްދަކީ މުސްތަގުބަލުގައި ގިނަ ބަޔަކު އާބާދުވާނެ ސަރަހައްދެއްކަމުން އެ ސަރަހައްދަށް ބޭނުންވާ ހިދުމަތްތައް ގާއިމްކުރަން އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް