ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީން މިގައުމުގެ ވެރިކަން ކުރައްވާ ދުވަސް ލަހެއް ނުވެ ފެންނާނެ: އާދަމް ޝަރީފް
ރައީސް ޔާމީން މިނިވަންވެ އަލުން ރާއްޖޭގެ ވެރިކަން ކުރައްވާ ދުވަސް ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދަޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައިސް ޔާމީން "ނުހައްގުން" ޖަލަށްލާ އަނިޔާ ކުރެވިދާނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ "ލެގަސީ" އާއި ދިވެހި ގައުމަށް އެމަނިކުފާނު ކުރައްވާފައިވާ ހިދުމަތްތަކާއި، ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި އިހުތިރާމު ކަނޑުވައެއް ނުލެވޭނެ ކަމަށެވެ. 

އާދަމް ޝަރީފް މިހެން ވިދާޅުވީ އިރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް ކުރުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. 

އެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި، މަނީ ލޯންޑްރިން ކުށުގެ ދައުވާއާ ގުޅިގެން ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެވެ. 

ރައީސް ޔާމީންގެ މައްޗަށް އެ މައްސަލާގައި ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް