ads
މާފުށި ޖަލު -- ފޮޓޯ:މިހާރު
މާފުށި ޖަލު ސަރަހައްދަށް ބަޔަކު ވަނުމާ ގުޅިގެން ކުއްލި ހާލަތަށް ގެނެސްފި
މާފުށި ޖަލު ސަރަހައްދަށް ގަވާއިދާއި ހިލާފަށް ބަޔަކު ވަނުމާއި ގުޅިގެން ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.

މިކަން މިހާރު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ، މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވާއިދާ ހިލާފަށް ވަތްކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އޭނާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މާފުށި ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ޕްރިޒަންސް އޮފިސަރުންނާއި ފުލުހުން ގުޅިގެން "ސާޗް އޮޕަރޭޝަނެއް" ކުރިއަށް ގެންދާ ކަމަށާއި، ޖަލުން އެއްވެސް މީހަކު މަދު ނޫން ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ. 

ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމުގެ މައުލޫމާތު ދިން ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން ވެސް އަދި ކަރެކްޝަންސް އިން ވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް