ads
ފަނޑިޔާރު މުޖްތާޒް ފަހުމީ--ފޮޓޯ: ސަން
ފަނޑިޔާރު މުޖުތާޒު ކޮވިޑަށް ޕޮޒިޓިވް: ހާލުކޮޅު ދެރަ!
ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒު ފަހުމީގެ ހާލުކޮޅު ދެރަވުމާއި ގުޅިގެން އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ސީއެންއެމްއަށް އެނގިފައިވާގޮތުގައި މުޖުތާޒު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ލ. އަތޮޅު ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ކަރަންޓީންގައި ހުއްޓައެވެ. އަދި ރޯގާ ޖެހިގެން ގަން ރީޖަނަލް ހޮސްޕިޓަލްއަށް މުޖުތާޒު ގޮސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. 

އެއަށްފަހު އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް އިއްޔެ މާބޮޑަށް ނޭވާ ހާސްވެ ހާލުކޮޅު ގޯސްވާން ފެށުމުން އެ ހޮސްޕިޓަލުން ވަނީ ވެންޓިލޭޓަރުގައި މުޖުތާޒު މާލެ ފޮނުވާާލާފައެވެ. 

މިހާރު ފަނޑިޔާރު މުޖުތާޒަށް ދަރުމަަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ނަމަވެސް، ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މިހާރު ފަނޑިޔާރުކަމުން ރިޓަޔާކުރައްވާފައި ހުންނެވި، އުމުރުން 63 އަހަރުގެ މުޖުތާޒު ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ސްޕްރީމް ކޯޓުގައި ފަނޑިޔާރުކަން ކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް