ads
އަކްޝޭ--
ފާއިތުވި ހަތް އަހަރު އަކްޝޭއަށް ލިބުނު އާމްދަނީ އެނގޭތަ؟
އަކްޝޭ ކުމާރު ބޮލީވުޑް ސިނަމާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރީންގެ ލިސްޓުގެ އެއްވަނައިގައި އޮންނަތާ މިހާރު މިވަނީ އަހަރުތަކެއް ވެފައެވެ. ބޮލީވުޑް ތަރިންތަކުގެ ތެރެއިން ފިލްމު ކުޅެގެން އެންމެ ބޮޑު ފައިދާވާ ތަރީގެ ގޮތުގައި އަކްޝޭ ވަނީ ފާހަގަކުރެވިފަ އެވެ.

ދާދި ފަހުން ބޮލީވުޑް ހަންގާމާއިން ވަނީ އެމެރިކާގެ ބިޒްނަސް މެގެޒިންއެއް ކަމުގައިވާ ފޯބްސް އާ ހަވާލާދީ އަކްޝޭ އަށް ނިމިދިޔަ ހަތް އަހަރު ލިބުނު އާމްދަނީ ހާމަކޮށްފައެވެ.

އަކްޝޭއަށް 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމަޔަށް 1،744 ކުރޯޑް ރުޕީސް ނުވަތަ 238 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައި ވެއެވެ.

އެގޮތުން 2020 ވަނަ އަހަރު އެކަނިވެސް އަކްޝޭއަށް 356.57 ކުރޯޑް ރުޕީސް (48.5 މިލިއަން ޑޮލަރު) އާމްދަނީގެ ގޮތުގައި ލިބިފައި ވެއެވެ. ކޮވިޑް-19 ގެ ހާލަތުގައި ވެސް އަކްޝޭ މިވަނީ ފިލްމުތަކުން ބޮޑު ފައިދާ އެއް ހޯދާފައެވެ.

your image2020 ވަނަ އަހަރަކީ އަކްޝޭ އަށް އެންމެ ކާމިޔާބު އެއް އަހަރު

އަހަރުގެ ކުރީކޮޅު އަކްޝޭގެ ފީ 99 ކުރޯޑް ރުޕީސްގައި އުޅުނު އިރު އަހަރުގެ މެދުތެރޭގައި އަކްޝޭގެ ފީ ވަނީ 108 ކުރޯޑަށް ބޮޑު ކޮށްފައެވެ. އަދި މިއަހަރު ސޮއިކުރާ ފިލްމްތަކަށް 117 ކުރޯޑް ޗާޖު ކުރަން އަކްޝޭ ވަނީ ނިންމާފައެވެ.

އެހެންކަމުން ކުރިއަށް އޮތް އަހަރުތަކުގައި އަކްޝޭގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

އަކްޝޭ އެންމެ ފަހުން ފެނިގެން ދިޔައީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ނެރުނު ފިލްމު "ސޫރްޔަވަންޝީ" އިންނެވެ. ކެޓްރީނާ ކައިފްއާއެކު އަކްޝޭ ފެނިގެން ދިޔަ އެ ފިލްމަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ. މިދިޔަ މާޗު މަހު ފިލްމު ނެރެން އޮތް ނަމަވެސް ކޮވިޑާއެކު ފިލްމު ނެރުން ފަސްކުރި އެވެ.

އަކްޝޭއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަަސައްކަތްކޮށްފައިވާ އަކްޝޭގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަ އޮތެވެ.

އާނަންދް އެލް ރާއީގެ "އަތްރަންގީ ރޭ" ގެ މަސައްކަތް އަކްޝޭ ދަނީ ކުރަމުންނެވެ. އޭގެ އިތުރުން "ބެލް ބޮޓޮމް" އާއި "ހެރާ ޕެރީ 3" އިން ވެސް އޭނާ ފެނިގެންދާނެ އެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް