ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމެރިކާގެ ކެޕިޓަލް އިމާރާތުގައި ހިނގަމުންދަނީ ބަގާވާތެއް: ނަޝީދު
އެމެރިކާގެ ކޮންގްރެސް ހިންގާ ކެޕިޓޮލް އިމާރާތުގައި ހިނގަމުންދާ ހަމަނުޖެހުމަކީ ބަގާވާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

ނިމުނު ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ހަތިޔާރާއެކު ކޮންގްރެސްގެ ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތަށް ވަދެގަނެފަ އެވެ. އެތަނުގައި ހިނގި ކުރިމަތިލުންތަކުގައި ހަތަރު މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. ނަމަވެސް ހާލަތު މިހާރު ކޮންޓްރޯލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަގާވަތަކީ ކޮބައިކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނާ ދެކޮޅަށް ވެސް ބަގާވާތް ކުރި ކަމަށާއި، އެހެންކަމުން ބަގާވާތަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދުގެ ޓްވީޓުގައި ވެއެވެ. 

މި ހަމަނުޖެހުމާ ގުޅިގެން ހަމަލާ އަމާޒުވަނީ ހަމައެކަނި އެމެރިކާގެ ޑިމޮކްރަސީއަށް ނޫން ކަމަށާއި، ޑިމޮކްރެޓިކް މިނިވަންކަން އަދި އެކަމާ ގުޅިގެން މީހުން ދެކޭ ގޮތަށް ވެސް އަސަރު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތަށް ވަދެގަނެފައި ވަނީ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ކާމިޔާބީ ޔަގީންކުރުމަށް ގުނަމުންދާ އިލެކްޓޯރަލް ކޮލެޖު ވޯޓުތައް ގުނުން ހުއްޓުވުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް