ވޮޝިންޓަންގެ މޭޔަރު މުރިއެލް ބައުސާ މިގޮތަށް އިއުލާނު ކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ތާއީދުކުރާ ގިނަ ބަޔަކު އެމެރިކާގެ ކޮންގްރެސް ހިންގާ ކެޕިޓޮލް އިމާރާތަށް ވަދެގަތުމަށް މަސައްކަތްކޮށްފައި ވަނިކޮށެވެ.
ޓްރަމްޕަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް ބަރު ހަތިޔާރާއި ކެމިކަލްތަކާއެކު އެއްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިއްޔެ އެމެރިކާ ގަޑިން އިރުއޮއްސި 6:00 އިން ފެށިގެން ވޮޝިންޓަންގައި ކާފިއު އިއުލާނުކޮށްފައިވެ އެވެ.
އެމެރިކާގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޖޯ ބައިޑެން ހުވާ ކުރައްވައި ނިމެންދެނެވެ.