ads
ހާނީ އިބްރާހިމް--
އަޔާ ސަލާމަތް ނުވަނީސް އޭނާގެ ދޮން މާމަ ވެސް ކިޑްނީ ބަލީގެ ޝިކާރައަކަށް!
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން "ސީއެންއެމް އެހީ" ގެ ދަށުން ވަނީ އޭރު އުމުރުން 11 އަހަރުގެ އައިޝަތު އާޔާގެ ދެ ކިޑްނީ ފެއިލްވެ އާންމުންގެ އެހީތެރިކަމަށް އެދި ލިޔުމެއް ޝާއިއުކޮށްފަ އެވެ. މިއަދު އުމުރުން 13 އަހަރުގައި ވެސް އާޔާއަށް އެކަމުން އަރައިނުގަނެވި ވަނިކޮށް އެކަމުގެ ޝިކާރައަކަށްވެފައި މިވަނީ އޭނާގެ ދޮން މާމަ، ހާނީ އިބްރާހީމެވެ.

އަޔާގެ އާއިލާގެ ފަރާތުން އޭނާގެ ދޮން މަންމަ ޒިހުނާ ސީއެންއެމްއަށް ބުނީ އޭނާގެ މަންމަ ހާނީ އިބްރާހިމް، ކުރިކާލިގެ، ހއ. ހޯރަފުއްޓަކީ 2004 ވަނަ އަހަރުން ފެށިގެން ކިޑްނީ ބައްޔަށް ބޭސްކުރަމުންދާ މީހެއް ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަންމަގެ ދެ ކިޑްނީ ފެއިލްވެ ޑައިލަސިސް ހަދަމުންދާ ކަމަށް ބުންޏެވެ. 

ފުރަތަމަ ޑައިލަސިސް ހަދަން ފެށިއިރު މަންމައަށް ޖެހުނީ ހަފްތާއަކު ތިން ދުވަހު އެ އަތޮޅު ދިއްދޫއަށް ގޮސް ފަރުވާ ހޯދަން ކަމަށާއި ވެހޭހާ ވިއްސާރައާއި ދޭހާ އަތްވެއްގައި ފުރައިގެން އެހެން ރަށަކަށް ދިޔުން ބަލިމީހާ އަދި އާއިލާ މީހުންނަށްވީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށް ބުންޏެވެ. 

your imageހާނީ އިބްރާހިމް

އެހެންކަމުން އޭނާގެ މަންމަ ގޮވައިގެން ބައްޕަ އައީ މާލެއަށެވެ. ތަނެއް ކުއްޔަށް ހިފައިގެން އެމީހުން އުޅެމުން އަންނައިރު ބައްޕައަކީ ދޯނި ދުއްވާ މީހެއް ނަމަވެސް މަންމަގެ ފަރުވާއަށް މާލެ އައިސް ހުންނަން ޖެހޭތީ ބައްޕައަށް ވެސް އާމްދަނީއެއް ނުލިބެ އެވެ.

އަދި އާޔާގެ ބަލި ހާލަތުގެ ނާޒުކުކަމުން އޭނާ އަބަދު ހުންނަން ޖެހެނީ މަންމައާއި ދުރުގައި އިންޑިއާގައި ކަމަށް ވެސް ޒިހުނާ ބުނެ އެވެ. އެގޮތުން އާޔާއަށް ބަލާއިރު އެކުއްޖާގެ ކިޑްނީ ޓްރާންސްޕްލާންޓް މިމަހުގެ 21 ގައި ކުރަން ހަމަޖެހިފައިވާއިރު އޭނާއަށް ކިޑްނީ ދެނީ އާޔާގެ ބައްޕަ އެވެ. 

އާޔާގެ ދޮން މާމަގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނާތީ އާއިލާއިން އެދެނީ މިކަމުގައި އާންމުންގެ އެހީތެރިކަމެއް ވެސް ފޯރުކޮށްދިނުމަށެވެ. ޒިހުނާ ވަނީ އާޔާއަށް އެހީދިން ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އަޔާއަށް ފޯރުކޮށްދިން އެހީތެރިކަން ޒިހުނާގެ މަންމައަށް ވެސް ދިނުމަކީ އެ އާއިލާގެ ވަރަށް ބޮޑު އާދޭހެކެވެ.

އެކައުންޓް ނަންބަރު: 7701154894101

އިތުރު މައުލޫމާތު ހޯދުމަށް: ފާތިމަތު ޒިހުނާ 9525751 - 7598894

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

80%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް