ads
އިވާންކާ އަދި ޓްރަމްޕް--
ކެޕިޓޮލް ހިސޯރުކުރީ ބަތަލުން ކަމަށް ސިފަކުރުމަށް ފަހު ޓްވީޓު ޑިލީޓުކޮށްފި
އެމެރިކާގެ ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތަށް ވަދެގަތް މީހުންނަކީ ބަތަލުން ކަމަށް ސިފަކުރެއްވުމަށް ފަހު އިވާންކާ ޓްރަމްޕް ޓްވީޓު ޑިލީޓުކުރައްވައިފި އެވެ.

ނިމުނު ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އެފަދަ ޓްވީޓެއް ކުރެއްވީ ބައްޕާފުޅު ޓްރަމްޕްގެ ޓްވީޓެއް ރީޓްވީޓު ކުރައްވަމުންނެވެ.

ޓްރަމްޕްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ކެޕިޓޮލްގައި ތިބި ފުލުހުންނާއި ސެކިއުރިޓީ އޮފިސަރުންނަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށާއި ސުލްހަވެރިކޮށް ތިބުމަށް އެދޭ ކަމަށެވެ. 

އެ ޓްވީޓު ރީޓްވީޓު ކުރައްވަމުން އިވާންކާ ވަނީ ކެޕިޓޮލް އިމާރާތަށް ވަތް ޓްރަމްޕްގެ ސަޕޯޓަރުންނަކީ ބަތަލުންގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ހަމަނުޖެހުން ހުއްޓާލަން ޖެހޭ ކަމަށާއި ސުލްހަވެރިކޮށް ތިބުމަށް އެދޭ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓްވީޓު ޑިލީޓު ކުރެއްވި ކަމަށް ސީއެންއެންއިން ރިޕޯޓުކުރެ އެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލްއަށް ވަދެގަނެފައި ވަނީ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ކާމިޔާބީ ބަލައިގަތުން ކޮންގްރެސްގައި ކުރިއަށް ދާތީ އެކަން ހުއްޓުވުމަށެވެ.

އެތަނުގައި ހިނގި ހަމަނުޖެހުމުގައި ހަތަރު މީހުން މަރުވެފައި ވެއެވެ. މިހާރު ކޮންގްރެސްގެ ބައްދަލުވުން ވަނީ އަލުން ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް