ads
ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގައި ހޯދާ ބަންގްލަދޭޝް މީހާ - - - ފޮޓޯ: ޕޮލިސް
ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހޯދަނީ
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން ހޯދަމުން އަންނަނީ ބަންގުލަދޭޝްގެ އުމުރުން 20 އަހަރުގެ މުހައްމަދު އަމީނުލް އިސްލާމް އެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791814 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. 

މީގެ ކުރިން ވެސް ފުލުހުން ވަނީ މިގޮތަށް ގެއްލިގެން ހޯދަމުން އަންނަ މީހުން ހޯދުމުގައި އާންމުންގެ އެހީއަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް