ads
ރައްދެބައި މަގުގައި ހުންނަ މިފްކޯގެ މަސްފިހާރަ---
ފަސްމީރު ބްރޭންޑުގެ ވަޅޯމަހުގެ އަގު ހެޔޮކޮށްފި
ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ވިއްކާ ފަސްމީރު ބްރޭންޑުގެ ވަޅޯ މަހުގެ އަގު ހެޔޮކޮށްފި އެވެ.

ކުރިން މިފްކޯ އިން 120 ރުފިޔާ އަށް ވިއްކަމުން އައި ވަޅޯމަހުގެ ކިލޯ އެއް މިހާރު ވިއްކަނީ 105 ރުފިޔާ އަށް ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އާ އަހަރާއި ދިމާކޮށް މިފްކޯގެ އުފެއްދުންތަކުގެ އަގުތައް ހެޔޮކުރަމުން އަންނަ އިރު، އެކުންފުނީގެ ފަސްމީރު މަސްދަޅުތަކުގެ އަގު ހެޔޮކޮށްފައި ވެސް ވެއެވެ. 640 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅު ކޭހެއް މިހާރު 575 ރުފިޔާއަށް ލިބޭއިރު، ކުރިން 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއް މިހާރު 12.25 ރުފިޔާ އަށް ލިބެ އެވެ.

މީގެ ކުރިން 595 ރުފިޔާއަށް ވިިއްކަމުން އައި ފެން މަސްދަޅު ކޭހެއް މިހާރު 530 ރުފިޔާއަށް ލިބޭ އިރު، 12.50 ރުފިޔާ އަށް ވިއްކަމުން އައި ފެން މަސްދަޅެއް މިހާރު ވިއްކަނީ 11.25 ރުފިޔާ އަށެވެ.

ރާއްޖޭގެ ގިނަ މީހުންގެ މެދުގައި އެންމެ މަގުބޫލު މަސްދަޅު ބްރޭންޑަކީ ފަސްމީރު ބްރޭންޑު ކަމަށްވާ އިރު، އެ ބްރޭންޑުގެ ދަށުން ބައިވަރު އުފެއްދުންތައް ވަނީ ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް