ads
ސިޓީގެ ކޯޗު ގާޑިއޯލާ
ޔުނައިޓެޑް ކަޓުވާލައި ސިޓީ ފައިނަލަށް
އިނގިރޭސި ލީގު ކަޕްގެ ފަހު ސެމީގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ މެންޗެސްޓާ ސިޓީން ހޯދައިފި އެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލުން ސިޓީ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އޭޕްރީލް މަހު ފަހުކޮޅުއެވެ. ފައިނަލްގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ ޓޮޓެންހަމްއެވެ. ޓޮޓެންހަމާ ސިޓީގެ ފައިނަލެއްކަމުން މިއީ، ދެހާސް އެގާރަވަނަ އަހަރުގެ ފަހުން މޮރީނިއޯއާ ގާޑިއޯލާ ފައިނަލައްގައި އެއް ކޯޗަކު އަނެއް ކޯޗަކާ ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރެވެ. މި ދެ ކޯޗުން ފައިނަލެއްގައި އެންމެ ފަހުން އެކަކު އަނެކަކާ ވާދަކުރީ ދެހާސް އެގާރަވަނަ އަހަރު ސްޕެއިންގައެވެ.

މެޗުގައި ސިޓީން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖޯން ސްޓޯންސް ޖެހިއިރު ދެވަނަ ލަނޑު ޖަހާފައިވަނީ ފެނާންޑީނިއޯއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް