ads
ބައެއް ފިހާރަތަކުގައި ގަނޑުކުރި ތަކެތި ވިއްކަނީ ސިއްހަތަށް ގެއްލުން ހުރި ގޮތަށް
ފިހާރަތަކުގައި ވިއްކަމުން އަންނަ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ބަހައްޓަން ޖެހޭ މިންވަރުގައި ނުބަހައްޓާކަން ފާހަގަކުރެވޭ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ގަނޑުކުރި ކާބޯތަކެތީގެ ފިނި ހޫނުމިން ބަހައްޓަން ޖެހޭނީ 18 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިނުވާނެ ގޮތަށް ކަމަށެވެ. އަދި ފިނިކުރި ކާބޯތަކެތި 0-5 ޑިގްރީއާ ދެމެދު ބަހައްޓަން ޖެހުނު ނަމަވެސް ބައެއް ފިހާރަތަކުން އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ވިއްކާ ފިހާރަތައް އިންސްޕެކްޓްކޮށް ނެގި ސާމްޕަލްތައް ތަހުލީލުކޮށް ބެލިއިރު އެފަދަ އުފެއްދުންތަކުގެ ފިނިހޫނުމިން ބަހައްޓަން ޖެހޭ މިންވަރަށް ނުބަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ އެފަދަ ކާބޯތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި ފިނި ހޫނުމިނެއްގައި ބަހައްޓަން ޖެހޭ ތަކެތި ކަމަށާއި އަދި އެގޮތަށް އަމަލުނުކުރާނަމަ އެ ތަކެތީގެ ފެންވަރާއި ރައްކާތެރިކަން ގެއްލޭނެ ކަމަށެވެ. 

އެކަމުގެ ސަބަބުން އާންމު ސިއްހަތު ނުރައްކާތެރިވާނެތީ އެފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމުގައި އަދި ވިއްކަން ބެހެއްޓުމުގައި ވެސް ސަމާލުވާން ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް