ads
ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ކްރިމިނަލް ކޯޓު ކައިރީ ކުރިއަށްދާ ސުލަހްވެރި އެއްވުމުގެ ތެރެއިން--- ފޮޓޯ: ޒިޔާން
އިދިކޮޅު މުޒާހަރާއިން ހަ މީހަކު ހައްޔަރުކޮށްފި
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާއިރު، އެ ސަރައްދަށް އިހުތިޖާޖު ކުރަން އެއްވި ޕީޕީއެމް ސަޕޯޓަރުންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ޕީޕީއެމް/ޕީއެންސީ އާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެކުލަވާލާފައިވާ ގްރޫޕުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓު ކުރިމަތީ ކުރިއަށްދާ ސުލްހަވެރި އިހުތިޖާޖުން އެޕާޓީގެ ޖުމުލަ ހަ ބައިވެރިން ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ތިން މެންބަރެއް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އެއީ، ކައުންސިލް މެމްބަރު އަހުމަދު ނަރީޝް، ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ އަދި ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އެވެ.

މިކަމާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ބުނީ، އިހުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ފަސް މީހުން ކަމަށެވެެ. އެއީ ތިން އަންހެނުންނާއި ދެ ފިރިހެނުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް