ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ: ފޮޓޯ ރާއްޖެ އެމްވީ
ވަކި އަމާޒެއް ނެތި ބަޑި ޖެހުމަކީ ހަރަދު ބޮޑުކަމެއް: ޑިފެންސް މިނިސްޓަރު
ވާލާއި ކާޅު މަރަން އީޕީއޭއިން ހުއްދައެއް ނުދޭކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ވާލާއި ކާޅު މަރަން އީޕީއޭއިން ހުއްދައެއް ނުދޭކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިއަދު ވިދާޅުވީ ވާލާއި ކާޅުގެ އުނދަގޫ ބޮޑުވުން، އެތަކެތި މަރަން މީހުން އެދޭކަމަށާއި، ނަމަވެސް އެކަން ކުރަން އީޕީއޭއިން ހުއްދަ ނުދޭކަމަށެވެ.

"އީޕީއޭއިން ހުއްދަ ދެނީ ވާލާއި ކާޅު ފައްސަން. ވަކި ޓާގަޓެއް ނެތި ބަޑި ޖެހުމަކީ ހަރަދު ބޮޑު ކަމެއް. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރަން ރަނގަޅު ކަމެއް ނޫން،" މާރިޔާ ވިދާޅުވިއެވެ.

ވާލާއި ކާޅު މަދުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެލައްވާފައިވާ ރިޔާސީ ވައުދެކެވެ.

މިކަމާއި ގުޅިގެން ބައެއް މީހުން ކުރިމަތިކުރުވާ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވަނީ އީޕީއޭއިން ވާލާއި ކާޅުމަރަން ހުއްދަނުދޭ ވާހަކަ ތަކުރާރުކުރައްވާފައެވެ.

"ވާލާއި ކާޅު މަރަން އީޕީއޭއިން ހުއްދައެއް ނުދޭ. ވާލާއި ކާޅު ބަޑިޖަހައިގެން ވެސް މެރުން މަނާ. ހުއްދަ ދިނީ ފައްސަ. ފައްސަން ބަޑި ޖަހަން ޖެހެނީ ވާލާއި ކާޅު ނޫން އެހެން ހުރިހާ ދިމާލަކަށް،" މާރިޔާ މިއަދު ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވިއިރު، މިދިޔައަހަރު ގިރި ފުށީގައި ސިފައިންގެ ޓްރޭނިންގައި ޖެހި ބަޑިއެއްގެ ވަޒަން ވަނީ ފަރުތުވެރިއެއްގެ ގަޔަށް އަރައިފައެވެ.

ވައިގެ ތެރެއަށް ބަޑިޖެހުމަކީ ނުރައްކާތެރި ކަމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް