ads
ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް
ޑިމޮކްރަސީގައި ދިވެހިން އެމެރިކާއަށް ވުރެ ކުރީގައި!
ޑިމޮކްރަސީގެ ދައުރުގައި ދިވެހިރާއްޖެ މާ ބޮޑަށް ވެސް ފައްކާވެއްޖެ ކަމަށް ވިދާޅުވެ، ރާއްޖެ އޮތީ ޑިމޮކްރަސީގައި އެމެރިކާ އަށް ވުރެ ވެސް ކުރީގައިކަން ދޭހަވާ ފަދަ މޭރުމަކުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ޓްވީޓެއް ކުރައްވައިފި އެވެ.

ހަބީބް ކުރެއްވި ޓްވީޓު އަމާޒުކުރައްވާފައި ވަނީ އެމެރިކާގައި ހިނގައިގެން އުޅޭ ހަމަނުޖެހުންތަކަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެގައުމުގެ ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތަށް ވަދެގަނެ އެތަނުގައި ހަމަނުޖެހުން ހިންގާފައެވެ. 

ޓްރަމްގެ ސަޕޯޓަރުން މުޒާހަރާކޮށް ކެޕިޓޮލް އިމާރާތަށް ވަދެގަނެފައިވަނީ، އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ކާމިޔާބީ ބަލައިގަތުން ކޮންގްރެސްގައި ކުރިއަށް ދާތީ އެކަން ހުއްޓުވުމަށެވެ. 

މިކަންކަމާއި ގުޅުވައި ހަބީބް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސް ޓްރަމްޕަށް މިހާވަރުވާއިރު، 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫނަށް އަބްދުލް ގައްޔޫމަށް ސެލިއުޓް ކުރައްވަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރެސީގެ ދަތުރުގައި ރާއްޖެ މާބޮޑަށް ވެސް ފައްކާވެއްޖެ ކަމަށާއި، ދިވެހިންގެ ސުލޫކު މާ ފުރިހަމަ ކަމަށް ހަބީބް ވިދާޅުވިއެވެ. 

އެމެރިކާގައި ހިނގައިގެން އުޅޭ ކަންތަކާއި ގުޅިގެން ރައީސް ނަޝީދު ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ނަޝީދު ވަނީ، އެއީ ބަގާވާތެއް ކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ބަގާވަތަކީ ކޮބައިކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް