ads
އަލީ ނިޒާރު ޖަލްސާއެއްްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އައްޑޫލައިވް
ގައުމެއް ފަނާކުރަން ބޭނުންވަނީ އެންމެ މީހެއްގެ މޮޔަ ވިސްނުން: އަލީ ނިޒާރު
ގައުމެއް ފަނާކުރަން ބޭނުންވަނީ އެންމެ މީހެއްގެ މޮޔަ ވިސްނުމާއި ކުޑަ ދުވަސްކޮޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ އެމެރިކާގައި ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ރޭ ދަންވަރުގެ ވަގުތުގައި ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން އުފައްދާފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

އަލީ ނިޒާރު ވިދާޅުވީ ގައުމެއް ބިނާކުރުމަށް އެތައް ބައެއްގެ ބުރަ މަސައްކަތާއި ގަރުނުތަކެއް ނަގާފާނެ ކަަމަށެވެ. އެހެންނަމަވެސް ގައުމެއް ފަނާކުރަން ބޭނުންވަނީ ބާރު ލިބޭ އެންމެ މީހެއްގެ މޮޔަ ވިސްނުމާއި ކުޑަ ދުވަސްކޮޅެއް ކަމަށެެވެ. ނިޒާރު ވިދާޅުވީ އެމެރިކާއިން ފެންނަނީ އެ މަންޒަރު ކަމަށެވެ.

އެމެރިކާގައި ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ރޭ ދަންވަރުގެ ވަގުތުގައި ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން އުފައްދާފަ އެވެ. އެމީހުންގެ ބޭނުމަކަށްވީ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ކާމިޔާބީ ކަށަވަރު ކުރުމަށް ނަތީޖާތައް ފާސްކުރުން ހުއްޓުވުމެވެ. 

ހަމަނުޖެހުމުގެ ސަބަބުން ހަތަރު މީހުން މަރުވެފައި ވާއިރު މިހާރު ވަނީ ހާލަތު ކޮންޓްރޯލްކޮށް، ކޮންގްރެސްގެ މެމްބަރުން އަލުން މަސައްކަތް ފަށާފަ އެވެ. ޓްރަމްޕް ސަޕޯޓަރުންގެ ތެރެއިން އެއް އަންހެނަކު މަރުވީ ފުލުހުން ބަޑި ޖެހުމުގެ ސަބަބުންނެވެ. އިތުރު ތިން މީހުން މަރުވީ ސިއްހީ އެމަޖެންސީތައް ދިމާވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންތިހާބުގެ ނަތީޖާ ބަދަލުކުރުމުގެ ނިޔަތުގައި ހަމަނުޖެހުން އުފެއްދުމުން ބައިޑެން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެމީހުން އެގޮތަށް އަމަލު ކުރިއިރު، ޓްރަމްޕް އޭގެ ކުރިން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތަށް ދިޔުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް ފަހުން ޓްރަމްޕް ވަނީ ސަޕޯޓަރުން ގެއަށް ދިޔުމަށް އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް