ads
ބައިޑެން--
އިންތިހާބު ކާމިޔާބު ކުރެއްވީ ބައިޑެން: ކޮންގްރެސް
އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އާއި ރަނިންމޭޓު ކަމަލާ ހެރިސްކަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅައި އިއުލާންކޮށްފި އެވެ.

އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ނަމަ އިލެކްޓޯރަލް ކޮލެޖުން ހުށަހަޅާފައިވާ ވޯޓު ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ގުނާ ކަށަވަރު ކުރަން ޖެހެ އެވެ. އެގޮތުން ވެރިކަމަށް އައުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާ ކަމަށް އޭގައި ވާއިރު ބައިޑަންއަށް ލިބިވަޑައިގެންފައި ވަނީ 306 ވޯޓެވެ. އަދި ޓްރަމްޕަށް ލިބިވަޑައިގަތީ 232 ވޯޓެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ބައިޑެން ކަމަށް އެމެރިކާގެ ކޮންގްރެސް އިން މިއަދު އިއުލާންކުރިއިރު މިއަދު ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުން ބައްދަލުވުމެއް ބޭއްވި އެވެ. 

އެ ބައްދަލުވުމުގައި ބައިޑެން ކާމިޔާބު ކުރެއްވި ބައެއް ވޯޓުތަކާއި ދެކޮޅަށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ދަމަހައްޓަން ބޭނުންވާ ވަރަށް ވޯޓު ލިބިފައެއް ނުވެ އެވެ.

އެ ބައްދަލުވުން ކުރިއަށް ދަނިކޮށް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގިއިރު އެންމެ ފަހުން ފެނިގެން ދިޔައީ ބައްދަލުވުން ހުއްޓުމަކަށް ގެނައި މަންޒަރެވެ. އެގޮތުން ޓްރަމްޕްގެ ސަޕޯޓަރުން، އެތަނަށް ހަތިޔާރާއެކު ވަތްއިރު ހަތަރު މީހަކު އެ ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އެ ހަމަނުޖެހުންތައް ހިނގީ ޓްރަމްޕް ހިތްވަރު ދިނުމުން ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް ޓްރަމްޕް ނެރުއްވި ބަޔާނުގައި ވަނީ އިންތިހާބު ނަތީޖާ އޭނާ ގަބޫލު ނުކުރިޔަސް މި މަހުގެ 20 ވަނަ ދުވަހު ވެރިކަން ބަދަލުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް