ads
ބިއްލޫރި ޕެލެޓެއް ދަށުވި މީހަކު ސަލާމަތްކުރަން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު ތާށިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު ޒަހަމްވެގެން އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. 

މިރޭ 19:45 ގައި އެކަމުގެ ރިޕޯޓް ލިބުނުއިރު އެމްއެންޑީއެފް އިން ބުނީ އެހާދިސާ ހިނގީ ކޮންޓެއިނަރު ތެރޭގައި ހުރި ބިއްލޫރި ޕެލެޓެއް އަރި އަޅާލައި ދަށުވެގެން ކަމަށެވެ. 

އަދި ކޮންޓެއިނަރުގެ ބޭރު ކަފާ ލައިގެން އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި އެހާދިސާގައި އިތުރު މީހަކަށް ވެސް އަނިޔާވި އެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. 

0%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް