ads
ކަރަން ޖޯހަރުގެ ބޮޑު ޕާޓީއެއް ކެޓީ ޕެރީއަށް!
ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީއަށް ހާއްސަކޮށް ބޮޑު ޕާޓީއެއް ބާއްވައިފި އެވެ.
ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީއަށް ހާއްސަކޮށް ބޮޑު ޕާޓީއެއް ބާއްވައިފި އެވެ.

އިންޑިއާގެ މުމްބާއީގައި އޮތް ކޮންސާޓެއްގައި ބައިވެރިވުމަށް ކެޓީ ޕެރީ ހުރީ އިންޑިއާގަ އެވެ. އެގޮތުން އެހެންވެ ކެޓީ ޕެރީއަށް މަރުހަބާ ކިޔުމުގެ ގޮތުން ކަރަން ޖޯހަރު ވަނީ ބޮލީވުޑުގެ ތަރިންނަށް ވެސް ދައުވަތުދީ ބޮޑު ޕާޓީއެއް އޭނާގެ ގޭގައި ބާއްވާފަ އެވެ.

އުމުރުން 35 އަހަރުގެ ކެޓީ ޕެރީއަށް ބޭއްވި އެ ޕާޓީގައި ވަނީ މަލައިކާ އަރޯރާ އާއި އާލިއާ ބަޓް އަދި އައިޝްވާރިޔާ ރާއީ ބައްޗަން އަދި ޖެކްލީން ފަދަ ތަރިން ބައިވެރިވެފަ އެވެ.

ކެޓީ ޕެރީގެ ކާމިޔާބު ލަވަތަކުގެ ތެރޭގައި ހިމެނެނީ ތިންކިން އޮފް ޔޫ އާއި ފަޔަވޯކްސް އަދި ނެވާ ރިއަލީ އޯވާ ފަދަ ލަވަތައް ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް