ads
ފޮޓޯ: އަވަސް
ކުށުގެ ރެކޯޑު ނުވަތަ ދަރަނީގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމަށް ބަދަލުގެނެސްފި
ޝަރުއީ ދާއިރާއިން ކުށުގެ ރެކޯޑު ނުވަތަ ދަރަނީގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބަދަލުގެނެސްފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބުނީ ޝަރުއީ ދާއިރާއިން ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުން
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރެކޯޑު ސާފު ކުރުމަށް ހުށަހަޅަންވާނީ "ކުށާއި ދަރަނީގެ ރެކޯޑު ސާފު ކުރާ ފޯމު" ކަމަށެވެ.

އަދި ޝަރުއީ ދާއިރާގެ ކޯޓުތަކުން ޝަރީއަތުގެ ބޭނުމަށް ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅަންވާނީ ޝަރީއަތްކުރުމާއި ބެހޭ "ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 42" ގައިވާ ފޯމުން ކަމަށެވެ. ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމާއި، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 42 ގައިވާ ފޯމު އެޑިޕާޓްމަންޓުގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ޑިޕާޓުމެންޓުން ބުނެއެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 187 ވަނަ މާއްދާގެ (ހ) ގެ ދަށުން މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އެޓާނީ ޖެނެރަލް ކަނޑައަޅުއްވާފައި ވާތީ، މަރުކަޒީކޮށް
ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމުގެ އިންތިޒާމުގެ ދަށުން، ޝަރުއީ ދާއިރާގެ އެންމެހައި ކޯޓުތަކުން ދެމުންދާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް މިހާރު ދެމުން ގެންދަނީ  ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް