ads
ޑރ. ޝަހީދު
ރިސޯޓް އައުޓްބްރޭކް: ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހޭނެ: ޑރ. ޝަހީދު
ރިސޯޓް އައުޓް ބްރޭކެއް މިހާރު ރާއްޖޭގައި އެބައޮތް ކަމަށާއި، ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހި ރިސޯޓް އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްދާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ މިދިޔަ އެއްމަސް ދުވަސް ތެރޭގައި ޓޫރިސްޓް އެސްޓަބްލިޝްމެންޓް ތަކުގައި ހާއްސަކޮށް ރިސޯޓުތަކުގައި ޕޮޒިޓިވް ކޭސްތައް ގިނަ ވަމުންދާކަން އެއީ ފާހަގަކުރެވެމުންދާ ޓްރެންޑެއް ކަމަށެވެ. އެތަންތަނުގައި މީގެ ކުރިން އުޅެނީ 60 ނުވަތަ 50 ވަރަކަށް ޕޮޒިޓިވް ކޭސްކަން ވެސް ޑރ. ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މިހާރު އަދަދުތައް ދައްކާ ގޮތުން 108 ޕޮޒިޓިވް ކޭސް ރިސޯޓްތަކުގައި ތިބިއިރު އޭގެ ތެރޭގައި 69 ފަތުރުވެރިން ހިމެނޭއިރު 39 މުވައްޒަފުން ހިމެނެއެވެ. ޑރ. ޝަހީދު ވިދާޅުވީ އެ ޓުއަރިސްޓް ރިސޯޓްތަކުގައި ޕޮޒިޓިވް ކޭސްތައް މައްޗަށް ދާނެ ކަމަށް މީގެ ކުރިންވެސް ބެލެވިފައިވާ ކަމަށެވެ. 

"އެއީ ގިނަ އަދަދަކަށް ޓުއަރިސްޓުން އަންނަމުންދާ ދަނޑިވަޅެއް ޓުއަރިސްޓުން މިއަންނަނީވެސް ހައިރިސްކު ގައުމުތަކުން. އެހެންވީމަ މީގަ ފާހަގަކޮށްލަންޖެހޭ ކަމަކީ މިދަނޑިވަޅުގަ ޓުއަރިސްޓް އެސްޓަބްލިޝްމެންްޓްތަކުން އިތުރަށް ސަމާލުވާން އެބަޖެހޭ. ދެންމެ ޑރ. ނަޒްލާވެސް ފާހަކުރެއްވި ފަދައިން މިހާރުވެސް ރިސޯޓެއްގައި އައުޓް ބްރޭކެއް އާސްފަ މިވަނީ. ރިސޯޓެއްގަ އައުޓް ބްރޭކެއް އާސްފިނަމަ ދެން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެ އޭގެ ތެރޭގަ ރިސޯޓް އޮޕަރޭޝަންތައް ހުއްޓުމަކަށް އައުން، އާސްތިބޭ ފަތުރުވެރިންނަށް ދަތިތަކަކާއި ކުރިމަތިލާންޖެހުންގިނަ ދުވަސްތަކެއް ވަންދެން ރިސޯޓް އޮޕަރޭޝަންތައް ބަންދުވެފަ އޮތުން. އެހެންވީމަ މި ހާލަތު އަޔަ ނުދިނުމަށްޓަަކައި ވަރަށް ބޮޑަށް ސަމާލުކަން އެބަ ދޭންޖެހޭ އަވަހަށް ކޭސަސްތައް ޑިޑެޓްކުރުމަށްޓަކައި" ޑރ. ޝަހީދު ވިދާޅުވިއެވެ.

އެހެންކަމުން ޑރ. ޝަހީދު ވިދާޅުވީ ރިސޯޓްތަކުގަވެސް ފަތުރުވެރިންގެ އިތުރުން ހާއްސަކޮށް ސްޓާފުން ސަމާލުވާން ޖެހޭ ކަމަށެވެ. ގެސްޓުންގެ އެކަމެންޑޭޝަން ވެސް ހުންނަނީ އެންމެން އެއްތަނެއްގަ އެކަކަށްވުރެ ގިނަ މީހުން އެކަމަންޑޭޝަން ޝެއާކޮށްގެން އުޅޭ ކަހަލަ ގޮތަކަށް ކަމަށްވުމުން އެ ހާލަތުގައި ފަސޭހައިން ބަލި ފެތުރިގެންދާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. 

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ އައުޓް ބްރޭކެއް އަޔަ ނުދީ ހިފެހެއްޓުމަށް ރިސޯޓުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ ފިޔަވަޅުތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި އައުޓް ބްރޭކްތައް ހުއްޓުވޭނީ އަވަހަށް ދެނެގަނެވިގެން ކަމަށްވުމުން ޕޮޒިޓިވް ކޭސްއެއް ފެނުމާއިއެކު އަވަހަށް ރިޕޯޓުކުރުމަށްވެސް އެދިފައިވެއެވެ. 

އެކަމާއި ގުޅިގެން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފަތުރުވެރިންގެ ތެރެއިން ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ޑިޕާޗާ ސާމްޕަލުންނާއި ބަލީގެ އަލާމާތްތައް ހުރެގެން ކަމަށާއި ރާއްޖެއަށް އާސް ރާއްޖެއިން ބަލިޖެހިގެން ނޫން ކަމަށެވެ. 

" ގިނައީ ހަމަ ޑިޕަޗާ ސާމްޕަލްގަ ޕޮޒިޓިވްވި މީހުން އެގޮތަށް މިވާން މިޖެހެނީ އެއްކަމަކީ މި ޑިސެމްބަރު މަހުގައި ވަރަށް ބޮޑުތަން އިތުރުވެއްޖެ ރާއްޖެއަށް ޓުއަރިސްޓުން އަންނަ އަދަދު. ދެވަނަ ކަމަކަށް ޓުއަރިސްޓުން މިއަންނަނީ ވަރަށް ހަލުވިކަމާއިއެކު ބަލި ފެތުރެމުންދާ ގައުމުތަކުން. އެހެންވީމަ ގިނަ މީހުން ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރިސޯޓެއްގެ އިތުރުން ސަފާރީއަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ބިޔާދޫ އައިލެންޑް ރިސޯޓުން ކޭސްތަކެއް ފެނިފައިވާތީ އެ ކްލަސްޓާ ތަހުގީގުކުރަމުންދާއިރު މިވަގުތު ޖުމްލަ އެ ރަށުން ވަނީ 17 ޕޮޒިޓިވް ކޭސް ފެނިފައެވެ. އަދި އެމްޕަރާ އެކްސްޕްލޯރާ ކިޔާ ސަފާރިއަކުން ވެސް ވަނީ 26 މީހަކު ޕޮޒިޓިވްވެފައެވެ. 

އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މިފަހުން ފެނުނު މި ދެ ކްލާސްޓާގައި މިވަގުތު ޖުމުލަ 43 ޕޮޒިޓިވް ކޭސް އެބައުޅެ އެވެ. މިހާތަނަށް ރިސޯޓުތަކުން 108 ފަތުރުވެރިއަކު ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ހިމެނެނީ 69 ފަތުރުވެރިންނާއި 39 މުވައްޒަފުންނެވެ. 

ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 17 ގެ ނިޔަލަށް 400 އަށްވުރެ ގިނަ ޓޫރިސްޓު ފެސިލިޓީއަކަށް، ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަދީފަ އެވެ. ހުރިހާ ފެސިލިޓީއެއް ހުޅުވުމުން 39،000 އަށްވުރެ ގިނަ އެނދު މިހާރު ވެސް އޮޕަރޭޝަނުގައި އެބަ އޮތެވެ. ބޯޑަރު ހުޅުވިފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ގެސްޓްހައުސެއް އަލުން ވަނީ ހުއްދަ ލިބި ހުޅުވާ ހިދުމަތްދޭން ފަށާފައެވެ. އަދި 129 އަށް ވުރެ ގިނަ ސަފާރީއާއި ނުވަ ހޮޓެލަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވެ އެވެ.

ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން ވަކި އުސޫލުތަކެއްގެ މަތިން ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޫކުރަން ފަށާފައިވާ އިރު، އޭގެ ތިން މަސްދުވަސް ފަހުން ގެސްޓްހައުސްތަކާއި ސަފާރީތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދޫކުރަން ފަށައިފަ އެވެ. އަދި ނިމިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްތައް ހުޅުވާލެވިފައިވެ އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް