ads
ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ކްރިމިނަލް ކޯޓު ކައިރީ ކުރިއަށްދާ ސުލަހްވެރި އެއްވުމުގެ ތެރެއިން--- ފޮޓޯ: ޒިޔާން
އިއްޔެގެ އިހުތިޖާޖުން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ވަގުތު ކްރިމިނަލް ކޯޓު ސަރަހައްދަށް އިހުތިޖާޖު ކުރަން އެއްވި ސަޕޯޓަރުންގެ ތެރެއިން ހައްޔަރު ކުރި ފަސް މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ ހައްޔަރު ކުރި ޕީޕީއެމްގެ ސަޕޯޓަރުންތައް ދޫކޮށްލާފައިވަނީ މިއަދު 3:30 ހާއިރު ކަމަށެވެ. މީގެ އިތުރުން މި މީހުން ދޫކޮށްލާފައިވަނީ ކޯޓަށް ގެންދިއުމެއް ނެތި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އިއްޔެ ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވަނީ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ ފަސް މީހުން ކަމަށް ބުނެފައެވެ. އެއީ ތިން އަންހެނުންނާއި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ މި އިހުތިޖާޖުގައި ހަ މީހަކު ހައްޔަރު ކުރި ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ. 

މީގެ އިތުރުން ހައްޔަރު ކުރި މީހުންގެ ތެރޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް، ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ ހިމެނޭ ކަމަށް ހީނާ މައުލޫމާތު ދިނެވެ. އަދި ފަހުން ނަރީޝްް ދޫކޮށްލިކަމަށް ހީނާ މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް