ads
އަނުޝްކާ --
ވިހަން ކައިރިވެފައި އިން އަނުޝްކާ އުޅެނީ ކެއުމުގައި!
ބޮލީވުޑުގެ އެކްޓަރު އަނުޝްކާ ޝަރުމާ މިހާރު އިނީ ވިހަން ތައްޔާރުވެފަ އެވެ. މި މަހުގެ ތެރޭގައި އޭނާ ވިހާނެ ކަމަށް ބެލެވޭއިރު، އަނުޝްކާ ދަނީ މާބަނޑުވުމުގެ ތަޖުރިބާ ފޭނުންނާ ހިއްސާކުރަމުންނެވެ.

އެގޮތުން އަނުޝްކާ އާއި ފިރިމީހާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ މިހާރު ގިނަ ވަގުތުތައް ހޭދަކުރަމުން ދަނީ އެކުގައި ގޭގަ އެވެ.

އެ ވަގުތުތަކުގެ ފޮޓޯތައް ފޭނުންނާ ހިއްސާކުރަމުން ދާއިރު އަނުޝްކާގެ "ލޭޓް ޕްރެގްނަންސީ ކްރޭވިންގްސް" ވެސް މި ވަނީ ފޭނުންނަށް ފެނިފަ އެވެ.

އެގޮތުން ޕިއްޒާ އާއި ޕާނީ ޕޫރީ ކާ ފޮޓޯތައް އާއްމުކޮށްފައި ވެއެވެ. އޭގެ އިތުރުން ކުރުނބާ ފެން ބުއިމާއި ގޯލްގައްޕާ ކެއުމަކީ ވެސް މިހާރު އަނުޝްކާ އާއްމުކޮށް ކުރާ ކަމެއް ހެން އޭނާގެ ފޮޓޯތަކުން ހީވެ އެވެ.

ވޯގް އިންޑިއާ މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ވެސް އަނުޝްކާ ވަނީ އޭނާ ކާހިތްވާ އެއްޗެހީގެ ވާހަކަދައްކާފަ އެވެ. އަނުޝްކާ ބުނީ މާބަނޑުވުމުން ފުރަތަމަ ތިން މަހު ކެއީ ހަމައެކަނި ޓޯސްޓާއި ބިސްކޯދު ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް