ads
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް---
ޓްވިޓާއިން ޓްރަމްޕް ސަސްޕެންޑު ކުރުމާއެކު ފޭކު އެކައުންޓެއް!
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓުވީޓުތަކަކާއި ގުޅިގެން އެމަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓު ޓުވިޓާގައި ސަސްޕެންޑު ކޮށްފައިވާއިރު، އެމަނިކުފާނުގެ ފޭކް ޓުވިޓާ އެކައުންޓެއް މިވަނީ ވައިރަލްވެފަ އެވެ.

ޖޯން ބެރަންގެ ނަމުގައި ދާދި ފަހުން ހުޅުވާފައިވާ މި އެކައުންޓަށް މިހާރުވެސް 200 ހާހަށް ވުރެ ގިނަ މީހުން ފޮލޯކޮށްފައިވެ އެވެ.

އަދި މި އެކައުންޓުން ފޮލޯ ކޮށްފައިވަނީ ހަމައެކަނި ޓްރަމްޕްގެ އާއިލާ މީހުންނާއި ޓްރަމްޕްގެ ގާނޫނީ ވަކީލު ރޫޑީ ގިލިއާނީ އަށެވެ. އަދި މިހާތަނަށް މި އެކައުންޓުން ދެ ޓުވީޓެއް ކޮށްފައިވާއިރު، މީގެ ފަސް ގަޑިއިރު ކުރިން މި އެކައުންޓުން ކޮށްފައިވާ ޓުވީޓަށް ވަނީ އެއް މިލިއަން ލައިކް ލިބި، 211 ހާހަށް ވުރެ ގިނައިން ރީޓުވީޓުކޮށްފަ އެވެ. މީގެ އިތުރުން މި އެކައުންޓުގައި ބޭނުންކޮށްފައިވަނީ ފޮޓޯޝޮޕް ކޮށްފައިވާ ޓްރަމްޕްގެ ފޮޓޯގަނޑެކެވެ.

ޖޯން ބެރަން ނަމަކީ ޓްރަމްޕްގެ ސުއިޑޮނިމް ނަމެކެވެ. ސުއިޑޮނިމް ނަމަކީ މީހަކު އެމީހާގެ އަސްލު ނަމުގެ އިތުރަށް ދެން ބޭނުން ކުރާ ނަމެވެ. އާންމުކޮށް ސުއިޑޮނިމް ނަން ބޭނުން ކުރަނީ ސެލެބްރިޓީން އަދި ލިޔުންތެރިންނެވެ.

your imageޓްރަމްޕްގެ އެކައުންޓު ސަސްޕެންޑުކޮށްފައި ---

ޓްރަމްޕްގެ ޓުވިޓާ އެކައުންޓު ޓުވިޓާއިން މަނާކޮށްފައިވަނީ އިއްޔެއެވެ. ޓްރަމްޕްގެ ރަސްމީ ޓުވިޓާ އެކައުންޓުގެ އިތުރުން އޭނާގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ ޓީމް ޓްރަމްޕް ޓުވިޓާ އެކައުންޓު ވެސް ޓުވިޓާ އިން ވަނީ ސަސްޕެންޑުކޮށްފަ އެވެ. 

މި އެކައުންޓުތައް ޓުވިޓާއިން ސަސްޕެންޑުކޮށްފައިވަނީ އެމެރިކާގެ ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތަށް ބަޔަކު ވަތް ހާދިސާ އާއި، އެކަމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަށް ސަޕޯޓުކޮށް ކުރި ޓުވީޓުތަކަކާއި ގުޅިގެންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް