ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ރިޕޯޓުނުކޮށް އިންޑިއާ މިހާ ރިސޯޓުން ފުރުވާލި މައްސަލަ ބަލާ ފިޔަވަޅު އަޅާނަން: ފުލުހުން
ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާތީ މީޑިއާއަށް ތިލަވެފައިވާ އެ މައްސަލަ ރިޕޯޓު ނުކޮށް އެ ރިސޯޓު މެނޭޖުމެންޓުން އޭނާ ފޮނުވާލި މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުން ފުލުހުން ރޭ ބުނެފައިވަނީ ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތްކަން ފާހަގަކުރާ ކަމަށެވެ. އެހެންނަމަވެސް، އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކު އަތްލާން މަސައްކަތްކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އަދި އެ މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި މީޑިއާގައި އެ މައްސަލައާ ގުޅޭވގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ ރާއްޖެއިން ފުރާފައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

އެހެންކަމުން ރިސޯޓު މުވައްޒަފުންނަށާއި އެއްވެސް މުއައްސަސާއަކަށް ވެސް ރިޕޯޓުކުރުމެއް ނެތި ރިސޯޓު މެނޭޖުމެންޓުން އޭނާ ފުރުވާލާފައި ވާތީ އެ މައްސަލަައިގައި މެނޭޖުމެންޓާއި މެދު ފިޔަވަޅު އަޅާނަންތޯ ނޫސްވެރިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ބުނެފައިވަނީ ފުލުހުން މިހާރު ބަލަމުންދާ މައްސަލައިގެ ތެރެއިން ހުރިހާ ކަމެއްވެސް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ. 

މިމަހުގެ ތިންވަނަ ދުވަހު ފެންމަތިވި މި މައްސަލައިގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނު ގޮތުގައި ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަނީ ރޭޕްކޮށްފަ އެވެ. އަދި އެކަން ފެންމަތިވުމުން އެ މައްސަލަ ނުބަލައި އޭނާ ފުރުވާލާފައިވެ އެވެ.

ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓުގެ އެފް އެންޑް ބީ މެނޭޖަރު އަމިތް، ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލަފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެ ރިސޯޓުގެ އެޗްއާރް ޑިރެކްޓަރަކަށް ހުރީ އެ ގައުމުގެ މީހެއް ކަމަށްވާ އުދޭ ނަޔަކް ކަމަށް ހަބަރުތައް ފެތުރިފައި ވެއެވެ. 

އެ މައްސަލާގައި ހިމެނޭ 19 އަހަރުގެ ޒުވާން އަންހެން ކުއްޖާއަކީ ވަޒީފާގެ ތަމްރީނު ހޯދަން ރިސޯޓްގައި މަސައްކަތް ކުރަމުން އައި ޒުވާނެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން މީޑިޔާ އޮފިޝަލް ކުރިން ވެސް ބުނެފައިވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައި "ނެތް" ކަމަށެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް