ads
އެމްޓީސީސީ އިމާރާތް--- ފޮޓޯ: އެމްޓީސީސީ
2020 އަކީ ކުންފުނީގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރު: އެމްޓީސީސީ
ގޮންޖެހުންތަކަކާ އެކު ވެސް ވޭތުވެދިޔަ އަހަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 40 އަހަރުގެ ދިގު ތާރީހުގައި އެންމެ ކާމިޔާބު އަހަރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިއްޔެ އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތައް ނިންމުމުގައި ކޮވިޑް-19 ގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވީ ނަމަވެސް، މަޝްރޫއުތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުނު ކަމަށެވެ.

ވޭތުވެދިޔަ އަހަރު އެމްޓީސީސީން 34 މަޝްރޫއެއް ނިންމާފައިވާ އިރު، އެ އަހަރަކީ އެންމެ ގިނަ އަދަދަކަށް އެ ކުންފުނިން މަޝްރޫއު ނިންމި އަހަރު ކަމުގައި ވަނީ ވެފަ އެވެ.

އެގޮތުން ވޭތުވެދިޔަ އަހަރު ރަށްރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ 13 މަޝްރޫއެއް ނިންމާފައިވާ އިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ހަތަރު މަޝްރޫއެއް ނިންމާފައިވެ އެވެ. އަދި ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ ދެ މަޝްރޫއަކާއި، ނުވަ ފުޓްބޯޅަ ދަނޑެއްގެ ސަބްބޭސްގެ މަސައްކަތާއި، މަގު ހެދުމުގެ އެއް މަޝްރޫއުގެ އިތުރުން އެހެނިހެން ފަސް މަޝްރޫއެއް ހިމެނެ އެވެ.

އެމްޓީސީސީން ވަނީ ވޭތުވެދިޔަ އަހަރުގައި 70 އަށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތްތައް ފަށައިފަ އެވެ. 34 މަޝްރޫއެއްގެ މަސައްކަތެއް ނިންމާލާފައިވާ އިރު، އިތުރު 45 މަޝްރޫއެއްގެ މަސައްކަތެއް އަދިވެސް ކުރިއަށް އެބަ ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް