ads
ލިވަޕޫލްގެ ކޯޗު ކްލޮޕް--
އެސްޓަންވިލާ ބަލިކޮށް ލިވަޕޫލް އެފްއޭ ކަޕުގެ އަނެއް ބުރަށް
އެސްޓަންވިލާ ބަލިކޮށް އެފްއޭކަޕުގެ އަނެއް ބުރަށް ލިވަޕޫލް ކޮލިފައިވެއްޖެ އެވެ. އެސްޓަންވިލާގެ މައްޗަށް ލިވަޕޫލް ކުރި ހޯދީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.

ހުކުރު ދުވަހުގެ ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލް މެޗުގެ ވަރަށް ކުރީކޮޅު ޖަހައިދިނީ މާނޭ އެވެ. ލިވަޕޫލުގެ އަނެއް ތިން ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ. 

އޭގެ ކުރިން ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އުމުރުން އެންމެ ސަތާރަ އަހަރުގެ ފޯވާޑު ލުއީ ބާރީ ވަނީ ލިވަޕޫލްކޮޅަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު އަނެއް މެޗަކީ ވުލްވްސް އާއި ޕެލަސްގެ މެޗެވެ. މި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ވުލްވްސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް