ads
އިދިކޮޅުގެ ސައިކަލު ބުރުގެ ތެރެއިން--
އިދިކޮޅުގެ ޖަލްސާއެއް މިރޭ ކެލާގައި
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހއ. ކެލާގައި މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން އެބަދެ އެވެ.

"މުޅިފޯ، މުޅިފޯ، ހޭވާ މުޅިފޯ" ގެ ނަމުގައި ކެލާގައި އެ ޖަލްސާ ބާއްވަނީ މިރޭ 20:45 ގައި ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެ ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގެންދަނީ ކޮންމެ ދުވަހަކު ވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ ޖަލްސާތައް ބާއްވަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ "އެހޭ ހޮށް، މިވަރުން ފުދިއްޖެ" ނަމުގައި ހއ. ކުޅުދުއްފުށީގައި އިދިކޮޅުގެ ޖަލްސާއެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު އިދިކޮންޅު ވަނީ "ޗަކުރޭ އަނިޔާ ހުއްޓޭލޭ" ގެ ނަމުގައި ޅ. ނައިފަރުގައި ވެސް ޖަލްސާ ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް