ads
ފޮޓޯ: މަޖިލިސް
ޓޫރިސްޓުން ކުނި އަޅާ މައްސަލަ ބަލަން މަޖިލީހުގެ ކޮމިޓީއަށް އިދާރާތައް ހާޒިރު ކުރަނީ
ރިސޯޓުތަކުގެ ޓޫރިސްޓުން ގިނަ އަދަދަކަށް ކުނި އަޅަމުންދާ މައްސަލަ އާއި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑް ކުރަން ނިންމާފައިވާ މައްސަލައަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރިސޯޓްތަކުން ކުނި އަޅަމުންދާ މައްސަލައިގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)، ޓޫރިޒަމް މިނިސްޓްރީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ނިންމެވިއެވެ.

އަދި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޑީބީއިން ފަންޑު ކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، އިކޮނޮމިކް މިނިސްޓްރީ، ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯ، އަދި ތިމާވެއްޓާ ބެހޭ މާހިރުންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ވެސް ކޮމިޓީއިން ފާސްކޮށްފައިވެ އެވެ.

2019 ވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅު ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިސް އައި ފަހުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ގެންދަނީ ރާއްޖޭގައި ހިނގާ ގިނަ މައްސަލަތައް ދިރާސާކޮށް ކަމާ ބެހޭ އިދާރާތަކަށް ރެކޮމެންޑޭޝަންތައް ދެމުންނެވެ. އަދި މި މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީތަކަށް ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިން ހާޒިރުކޮށް ޖަވާބުދާރީ ކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް