ads
ފުވައްމުލައް
މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކު ގެއްލިއްޖެ
ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކު ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިފައިވަނީ އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ. 

އެ ކުއްޖާ ގެއްލުނީ ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުނެއެެވެ. 

އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:45 ގައި ކަމަށް ވެސް ފުލުހުން ބުނެއެވެ. 

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް