ads
ރައީސް ސޯލިހު -- ފޮޓޯ: ރައީސް ސޯލިހު
ރައްކާތެރިކަން ކަށަވަރުކޮށްދެއްވީތީ ރައީސް ސޯލިހަށް ޝުކުރިއްޔާ
ގާތްގަނޑަކަށް އެއް ލައްކަ ފަސްދޮޅަސް ހާސް މީހުން ދިރިއުޅޭ މާލެއަކީ ހަލަބޮލި އަދި ކުށްތައް ވެސް އެހާމެ ގިނަ ތަނެކެވެ. މާރާމާރި އާއި ތަފާތު ވައްތަރު ވައްތަރުގެ ކުށްތަކަކީ މާލޭގެ އާންމު ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭގެ ސަބަބުން ގެއިން ބޭރަށް ނުކުންނަށް ޖެހިލުންވާ މީހުން ވެސް މަދެއްނޫނެވެ. އާންމު ރައްޔިތުންގެ އެ ބިރު ފިލާ މާލޭގެ މުޖުތަމައުގައި ހަމަޖެހުމުގެ ނޭވާ އެއް ލީ ކަމަށް ގިނަ ބަޔަކަށް އިހުސާސްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައި ފަހުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ގާތްގަނޑަކަށް އެއް ލައްކަ ފަސްދޮޅަސް ހާސް މީހުން ދިރިއުޅޭ މާލެއަކީ ހަލަބޮލި އަދި ކުށްތައް ވެސް އެހާމެ ގިނަ ތަނެކެވެ. މާރާމާރި އާއި ތަފާތު ވައްތަރު ވައްތަރުގެ ކުށްތަކަކީ މާލޭގައި އާންމު ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މީގެސަބަބުން ގެއިން ބޭރަށް ނުކުންނަށް ޖެހިލުންވާ މީހުން ވެސް މަދެއް ނޫނެވެ. އާންމު ރައްޔިތުންގެ ބިރު ފިލައި، މާލޭގެ މުޖުތަމައުގައި ހަމަޖެހުމުގެ ނޭވާއެއްލެވުނު ކަމަށް ގިނަ ބަޔަކަށް އިހްސާސްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައި ފަހުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އަމާން ރައްކާތެރި މުޖުތަމައެއް ބިނާ ކުރުމަކީ ރައީސް ސޯލުހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދެ އެވެ. ޖުމްހޫރީ ދުވަހުގެ ހާއްސާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.

އަމާން ރައްކާތެރި މުޖުތަމައުއެއްގެ ބިނާކުރުމުގެ ވައުދުގައި ހިމެނޭ ކަންކަން

- ކުށްކުރުން މަދު ވެށްޓެއް ގާއިމްކޮށް، މާރާމާރީއާއި އަނިޔާއާއި ހާނިއްކައިން ދުރުހެލިވެ އަމާން ރައްކާތެރި މާހައުލެއްގައި އުޅޭ އުފާވެރި، ބަދަހި މުޖުތަމައެއް އުފެއްދުން

- ފޮށުމާއި، ފުރައްސާރައާއި، ޖިންސީ، އަދި ނަސްލީ ތަފާތުކުރުމާއި، ނިސްބަތްވާ ފަންތި އާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުންތަކާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ގާނޫނުތައް ހެދި، އެކަންކަމާ ދެކޮޅު ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދުން

- އާންމުވެފައިވާ ގޭންގްތަކާއި، ގޭންގްތަކުން ހިންގާ ބިރުވެރި އަމަލުތައް ނައްތާލުން

ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ފާއިތުވި ހަ އަހަރުގެ ތެރޭގައި މަދު ނުވާ ވަރަށް މިއަހަރު މަދު ކުރެވިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފަ އެވެ. އެހެންކަމުން މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފުލުހުންގެ ތަފާސް ހިސާބު:

ފާއިތުވި ހަ އަހަރާއި އަޅާ ބަލާއިރު ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި ކުށްތައް ވަނީ 50 ޕަސެންޓު މަދު ކުރެވިފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރު 269 ގްރޫޕް މާރާމާރި ހިންގިއިރު މިދިޔަ އަހަރު ގްރޫޕް މާރާމާރީގެ 222 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. މިއަހަރު ގޭންގް މާރާމާރީގެ ގޮތުގައި އަދި ރެކޯޑް ކޮށްފައިވަނީ 110 އެކެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް ދަށް އަދެކެވެ.

ބޮޑެތި އަނިޔާވެރި ކުށްތައް ވެސް ފާއިތުވި އަހަރު ވަރަށް ބޮޑަށް ވަނީ ކުޑަކުރެވިފަ އެވެ. އެގޮތުން ބޮޑެތި އަނިޔާވެރި 3317 ކުށް 2017 ގައި ރެކޯޑްކުރެވުނުއިރު މިދިޔަ އަހަރު އެ އަދަދު 3036 އަކަށް ވަނީ ވެއްޓިފަ އެވެ. އަދި މި އަހަރު އެ އަދަދު ހުރީ 2546 ގައެވެ. މާރާމާރީތަކުގައި ނުވަތަ ގަސްތުގައި މީހުން މަރާފައިވާ ނިސްބަތަށް ބަލާއިރުވެސް މިއަހަރަކީ ކާމިޔާބު އަހަރެކެވެ. އެއީ މިއަހަރު އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާތީ އެވެ.

ވޭތުވެދިޔަ ހަ އަހަރުގެ ޕޮލިސް ރިކޯޑުތަކަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގީ މިއަހަރު: ރައީސް ސޯލިހު

"ވޭތުވެދިޔަ ހަ އަހަރުގެ ޕޮލިސް ރިކޯޑުތަކަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގީ މިއަހަރު ކަމަށާއި ގުރޫފު މާރާމަރީގެ އަދަދު ވެސް މިދިޔަ އަހަރަށް ވުރެ 50 އިންސައްތަ މިއަހަރު ދަށް ކަމަށް ރައީސް ސޯލިހު ވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ހަ އަހަރު ތެރޭގައި ގޭންގު ކުށްތަކުގައި މާލޭގެ މަގުތަކުގައި 21 މީހަކު މަރާލާފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އެކަމަކު ގޭންގު ކުށްތަކުގައި އެންމެ މީހެއްގެ ފުރާނަވެސް މިއަހަރު ގެއްލިފައި ނުވާ ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ފުލުހުންނަށް ވެސް ތައުރީފު ހައްގު:

ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑުތަނުން މަދުކުރެވިފައި ވަނީ މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ތަރުތީބާއި ރަނގަޅު އިންތިޒާމްތަކުގެ ތެރެއިން ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިގެން ކަމަށެވެ.

ފޮށުމާއި ފުރައްސާރައާއި ޖިންސީ އަދި ނަސްލީ ތަފާތުކުރުމާއި ނިސްބަތްވާ ފަންތި އާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުންތަކާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ގާނޫނެއް އަދި ހަދާފައިނުވި ނަމަވެސް މިހާރު ސުކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަށް ވަނީ ހުއްދަ ދީފަ އެވެ.

ފޮށުމާއި ފުރައްސާރައިގެ މައްސަލަތަކާ ގުޅޭގޮތުން ފުލުހުން ބުނީ މަގުމަތީގައި މީހުންނާ ފޮށުމުގެ މައްސަލަތައް ފުލުހުންނަށް ހުށައެޅުމުން އެފަދަ މައްސަލަތައް ފުލުހުން ތަހުގީގު ކުރާ ކަމަށެވެ. އަދި ހެކި ލިބޭ މައްސަލަތައް ދައުވާ ކުރަން ޕީޖީއަށް ފޮނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުންގެ ޒިންމާ ވެސް ބޮޑެވެ. އަމާން މުޖުތަމައެއް ހޯދައިދިނުމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާއިރު މުޖުތަމައު އަމާންތަނެއްގެ ގޮތުގައި ބޭއްވޭނީ އެންމެ އެކުވެރިވެ، ފަރުދީ ޒިންމާ ވެސް ނަގައިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް