ads
ވެލެންސިޔާ- ޓީސީ މެޗުގެ ތެރެއިން
ޓީސީން ވެލެންސިޔާ ހިފަހައްޓައިފި
ދިވެހި ޕްރިމިއަ ލީގުގައި، އެއްވަނައިގައި ފަރަގު ބޮޑު ކުރަން ވެލެންސިޔާއިން ކުރި މަސައްކަތް ޓީސީން ހުއްޓުވައިފިއެވެ. ވެލެންސިޔާގެ ފުރުސަތު ޓީސީން ހުއްޓުވީ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ވެލެންސިޔާ އާއި ޓީސީ ކުޅުނު މެޗު އެއްވަރުކޮށްގެނެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެލެންސިޔާ އާއި ޓީސީ ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. ޓޭބަލްގެ އެއްވަނައިގައި އޮތް ވެލެންސިޔާ މި މެޗުން މޮޅުވި ނަމަ، އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ހޯދުނީހެވެ. އެހެންނަމަވެސް މި މެޗުން އެއްވަރުވުމުން، މިއަދު ކުޅޭ މެޗުން މޮޅުވެގެން މާޒިޔާއަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. މާޒިޔާ މިއަދު ކުޅޭނީ ސުޕަ ޔުނައިޓެޑާއެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މެޗުގައި ވެލެންސިޔާއިން ކެޕްޓަން އަލީ އަޝްފާގު ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް ޓީސީން އެއްވަރުކުރީ ކެޕްޓަން މުހައްމަދު އައްޒާމް ޖެހި ޕެނަލްޓީއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އައްޒާމްއެވެ.

މި މެޗުން ހޯދި ޕޮއިންޓާ އެކު އެއްވަނައިގައި މާޒިޔާ އޮތީ ފަސް މެޗުން އެގާރަ ޕޮއިންޓް ހޯދައިގެންނެވެ. ތިން މެޗުން މޮޅުވި އިރު ދެ މެޗުން ވެލެންސިޔާ އެއްވަރުވެފައިވެއެވެ. މާޒިޔާއަށް އަށް ޕޮއިންޓް ލިބިފައިވަނީ ވެލެންސިޔާއަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެހެންކަމުން މިއަދުގެ މެޗުން މޮޅުވެގެން އެއްވަނައަށް އަލުން އެރުމުގެ ޗާންސް މާޒިޔާއަށް އެބަ އޮތެވެ. އެއީ ލަނޑުގެ ތަފާތުން މިހާރު ވެސް މާޒިޔާ މާ ބޮޑުތަނުން ކުރީގައި އޮތުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް