ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ-- ފޮޓޯ: ސަން
އަދުރޭގެ ޝަރީއަތް މި މަހު 31 ގައި
Share
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ)، ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގެ ޝަރީއަތް މި މަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
Advertisement

އަދުރޭ ބޭއަދަބީ ބަސްތައް ގޮވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު ކްރިމިނަލް ކޯޓު ސަރަހައްދުގަ އެވެ. 

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ، އަދުރޭގެ ޝަރީއަތް މި މަހުގެ 31 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މި މައްސަލައިގައި އަބްދުއްރަހީމާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އަދުރޭގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ ދަށުންނެވެ. 

މި މައްސަލައިގެ އިތުރުން ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އަދުރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން، ބޭރުގައި ހުރެގެން ހަޑި ހުތުރު ބަސްތައް ބޭނުންކުރި މައްސަލައެއް ވެސް ފުލުހަށް ވަނީ ހުށަހަޅާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް