ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
ފަތުރުވެރިކަމުގެ ކާމިޔާބީގެ މުގުލުގައި ތިބީ މުވައްޒަފުން: މައުސޫމް
ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީގެ މުގުލުގައި ތިބީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުސޫމް ވަނީ ދާއިރާގެ ކާމިޔާބީގެ މުގުލުގައި ތިބީ ދާއިރާގެ މުވައްޒަފުން ކަމަށް ވިދާޅުވެ، ފަތުރުވެރިކަން ކުރިއެރުވުމުގައި މުވައްޒަފުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައިފަ އެވެ.

2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ކާރިސާއަށް އަލިއަޅުވާލައި މައުސޫމް ވަނީ ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކުން ރާއްޖެ އަރައިގަތުމުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ މުވައްޒަފުން ބޮޑު ދައުރެއް އަދާކުރިކަން ފާހަގަކުރައްވައިފަ އެވެ.

އަދި ރާއްޖެއަށް ތަކުރާރުކޮށް ފަތުރުވެރިން އައުމުގައި ދާއިރާގެ މުވައްޒަފުންގެ ދައުރު ބޮޑު ކަމަށާއި، ރާއްޖެއަށް ކުރިއެރުން އައުމުގައި ވެސް ތަކުރާރުކޮށް އަންނަ ފަތުރުވެރިންގެ ދައުރު ބޮޑު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ސަރުކާރުގެ އަމާޒަކީ މުވައްޒަފުންނަށް ކުރިއެރުންދީ ދާއިރާގެ ބޮޑެތި ވަޒީފާތައް މުވައްޒަފުންނަށް ދިނުން ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންގެ ވަޒީފާތައް ގެއްލި، ބައެއް މުވައްޒަފުން ނޯޕޭގައި މަޑުކުރަން ޖެހި، މުސާރައިން ބޮޑުބައެއް އުނިކުރެވިފައިވެ އެވެ. 

މައުސޫމް ވިދާޅުވީ އެ މުވައްޒަފުންނަށް ވަޒީފާ ހޯދައިދިނުމުގައި މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ބައެއް ރިސޯޓުތަކުގެ މެނޭޖްމެންޓުތަކާއި އެކަމާއި ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދާއިރާގެ މުވައްޒަފުންކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް