ads
ވީޑިއޯ ރިޕޯޓް:-
ރާއްޖޭގެ ތައުލީމީ ނިޒާމް، ޓައިމް ޓްރެވަލް ކުރުން!
މިއީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ތާރީހީ ދުވަހެކެވެ. އަހަރެއް ފެށިގެންދާއިރު ކުރީ އަހަރެއްގެ ދެވަނަ ޓާމަކަށް ކިޔަވައިދޭ މިއީ ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އާއެކު ތައުލީމީ ނިޒާމަށް އައި ބޮޑު ހީނަރުކަމަށް ފަހު މިއަދު ރާއްޖޭގެ ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން ސްކޫލުތަކަށް ގޮސް ކިޔެވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

2020 ވަނަ އަހަރުގެ ސޮފުހާތަކަށް ޖެހިލާނަމެވެ. ބަލަބަލަ ތިއްބާ ބޮޑު ބަލިމަޑުކަމެއް ދިވެހިންނާ އަރާ ހަމަކޮށް މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލީ އެވެ. ލޮލަށް ނުފެންނަ ކުޑަ ވައިރަހެއް ދިވެހިންނާއި އަރާ ހަމަކުރުމުގެ ނަތީޖާއަކީ މާޗު މަހުގެ ތެރޭގައި މުޅި ރާއްޖޭގެ ސްކޫލުތައް ބަންދުކުރަން ޖެހުމެވެ. 

އެކަމަކު ފަހުން މާލޭ ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ހުޅުވާލައި ކިޔަވައިދޭން ފެށި ނަމަވެސް އެ ރަށްރަށުގައި ވެސް ދަށް ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައެއް ނުދެ އެވެ. ހީކުރި ގޮތަށް ވުރެ ބޮޑަށް ކޮވިޑްގެ އާލަމީ ވަބާ ފެތުރޭ މިންވަރު ބޮޑުވުމުގެ ސަބަބުން މާލޭގައި ކިޔަވައިދޭން ޖެހުނީ ރަށުގެތެރޭގެ ހާލަަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހެވެ. އެގޮތުން އަހަރު ނިންމާލަން ޖެހުނީ ވެސް ގްރޭޑް ހަޔަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދެވޭނެ ހާލަތެއް ނެތް ކަމަށް ދެކި އޮންލައިން ކްލާސްތަކުންނެވެ. 

މިދިޔަ އަހަރު އޯލެވެލް އާއި އޭލެވެލް އިމްތިހާނުގައި ބައިވެރިވާން ނިންމި ދަރިވަރުންނަށް ވެސް ޖެހުނީ އިތުރު އެއް އަހަރު މަޑުކޮށްލާށެވެ. އެއީ އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުންނަށް އެކަށީގެންވާ ވަގުތެއް ނުލިބޭ ކަމަށް ދެކި ނިންމި ނިންމުމެކެވެ. 

ދިރާސީ ގޮތުން 2021 ވަނަ އަހަރު ފަށާނީ މީލާދީ ގޮތުން އޮގަސްޓު މަހު އެވެ. 

ކޮންމެއަކަސް ދަރިވަރުންގެ އުމުރުން އަހަރެއް ބޭކާރުވެގެންދިޔަ ކަމަށް އޭރު ހީވި ނަމަވެސް، އެ އަހަރު ފޫބެއްދުމަށް ނިންމީ 2021 ވަނަ އަހަރުންނެވެ. އެގޮތުން މިއަހަރު ދަރިން އާ ގްރޭޑަކަށް ފޮނުވާލުމުގެ ބަދަލުގައި ކިޔަވައިދޭން ފެށީ މިދިޔަ އަހަރުގެ ދެވަނަ ޓާމެވެ. ދަރިވަރުންނަށް ރަނގަޅަށް މުގައްރިރު ދަސްކޮށްނުދީ އެހެން ގްރޭޑަކަށް އެކުދިން ފޮނުވާލުމަކީ އޮތް ހައްލެއް ނޫން ކަމުން މިފަދަ ބޮޑު ބަދަލެއް ރާއްޖޭގެ އެކަޑެމިކް ކަލަންޑަރަށް ގެނެސްފައިވާއިރު މިކަމުގައި ކަންބޮޑުވުން ވެސް ހުއްޓެވެ. އެހެންނަމަވެސް ރަނގަޅަށް ވިސްނާލަައިފިނަމަ، އުމުރުން އަހަރެއް ބޭކާރުވިޔަ ނުދިނުމަށްޓަކައި މިއީ އެޑިއުކޭޝަނުން އެޅި ރަނގަޅު ފިޔަވަޅެއްކަން އެނގި ހާމަވެއެވެ. 

ކޮވިޑްގެ ހާލަތު މުޅިން ހަމަޔަކަށް ނޭޅެނީސް ސްކޫލުތަކުގެ ކިޔެވުން ފެށުނު ނަމަވެސް ދަރިވަރުން ސްކޫލަށް ފޮނުވުމަށް ބިރު ނުގަތުމަށް އެޑިއުކޭޝަނުން އެދެނީ އެތަންތަނުގައި އަޅާފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް