ads
ހުޅުމާލެ--
ފްލެޓްތަކުގެ ކުލި އަނެއްކާވެސް ފަސްކޮށްދީފި
ގެދޮރުވެރި ކުރުމުގެ އެކި ޕްރޮގްރާމުތަކުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 704 ފްލެޓް ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އުޒުރުވެރިވެފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 704 ފްލެޓް ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އުޒުވެރިވެފައިވާ ފަރާތްތަކުން، ނުދެއްކިވާ ފައިސާ ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދެއްވުމަށް މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ. 

އެހެންކަމުން އެފަދަ ފަރާތްތަކަށް، ނުދެއްކި ހުރި ފައިސާ އާއި ޖޫރިމަނާ، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ބުނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެކަމަށް އެދިފައިވާ ފަރާތްތަކުން މިމަހުގެ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީ އާއި ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދޭ ކަަމަށެެވެ. 

އޭގެ އިތުރުން މިހާތަނަށް ގަވާއިދުން ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ތެރެއިން، އެ އިއުލާނުގެ ދަށުން ހަ މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި، ހަމަސް ދުވަހުގެ ލުއި ދެއްވުމަށް އެދި ހުށަހެޅުމަށް ފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް